ކުޑަކުއްޖަކަށް ޖިންސީގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ ބިދޭސީއަކު ހޯދަނީ

ކުޑަކުއްޖަކަށް ޖިންސީގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ ބިދޭސީއަކު ހޯދަނީ

ކުޑަކުއްޖަކަށް ޖިންސީގޯނާ ކުރިކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގެ ތަހުގީގަށް ބިދޭސީއަކު ހާޒިރުވުމަށް ފުލުހުން އަންގައިފިއެވެ.

ފުލުހުން ވިދާޅުވީ މިމައްސަލާގައި ހޯދަމުންދަނީ ބަންގްލަދޭޝް އަށް ނިސްބަތްވާ ޔޫނުސް، (52އ)، ޕާސްޕޯޓް ނަންބަރު: BC0642839 ކަމަށެވެ. އޭނާ އާއި ގުޅޭގޮތުން ބަލަމުންދާ މައްސަލައަކީ ގދ. ފަރެސްމާތޮޑާ ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ ކުޑަ ކުއްޖަކަށް ޖިންސީގޯނާ ކުރިކަމަށް ތުހުމަތު ކުރެވޭ މައްސަލައެކެވެ.

ފުލުހުން ބުނެފައިވަނީ އޭނާ ހޯދަން އިއުލާން ކުރީ ތަހުގީގަށް ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓް ރައްދުކުރެވިފައިނުވާތީއާއި އާއިލާއަށްވެސް އުޅޭ ވަކިތަނެއް އެނގިފައިނުވާތީ، ޖިނާއީ މައްސަލަތައް ތަޙުޤީޤުކުރުމުގައި ފުލުހުން ޢަމަލުކުރާނެ އިޖުރާއަތުގެ ޤަވާއިދުގެގެ ދަށުން ކަމުގައެވ.

އޭނާ ހާޒިވުމަށް އަންގާފައިވަނީ މިމަހުގެ 30 ވަނަ ދުވަހު މެދުރުފަހު 14:00 އަށް ގދ. ފަރެސްމާތޮޑާ ޕޮލިސް ސްޓޭޝަނަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *