އިޓާލިއަން ސެރިއާގައި އިންޓަމިލާނުން ޕާމާގެ މައްޗަށް ކުރި ނުހޯދި ތާވަލުގެ ފަސްވަނައަށް ވެއްޓިއްޖެއެވެ.
އަނިޔާގެ ސަބަބުން ޓީމުގެ އެންމެ އިސް ފޯވާޑް ރޮމަލޫ ލުކާކޫ ނުލައި ކުޅުނު މެޗުން ޕާމާ އަތުން އެއްވަރުވީ 2-2 ލަނޑުންނެވެ. އިންޓަމިލާންގެ ދަނޑުގައި ކުޅުނު މެޗުގައި ޕާމާގެ ދެލަނޑުވެސް ކާމިޔާބުކުރީ ކުރިން އާސެނަލްއަށް ކުޅުނު އައިވަރީ ކޯސްޓްގެ ފޯވާޑް ޖާވީނިއޯއެވެ.
މެޗުގެ ދެވަނަހާފްގައި ހުރިހާ ލަނޑެއް ވެސް ފެނިގެންދިޔައިރު އިންޓަމިލާނުގެ ފުރަތަމަ ލަނޑު ކާމިޔާބުކުރީ މާޝެލޯ ބްރޯޒޯވިޗްއެވެ. އިންޓަމިލާން ބަލިނުވެ ސަލާމާތްކޮށްދިނީ މެޗުގެ އިތުރުވަގުތު ތެރޭގައި އިވާން ޕެރިސިޗް ކާމިޔާބުކޮށްދިން ލަނޑުންނެވެ.
ރޭގައި ސެރިއާގައި އެޓްލާންޓާ އާއި ކުރޮޓޯނެޔާ ވާދަކޮށް 2-1 ލަނޑުން މެޗުކާމިޔާބުކުރީ އެޓްލާންޓާއިންނެވެ. ލީގުގައި ރޭ ބޮލޯނާ ވަނީ ކަލިއޭރީގެ މައްޗަށް 3-2 ލަނޑުން ކުރި ހޯދާފައެވެ. މި ނަތިޖާއެކު އެޓްލާންޓާއިން ވަނީ ލީގު ތާވަލުގެ ދެވަނަށް 12 ޕޮއިންޓޯ ހޯދައިގެން ކުރިޔަށް ޖެހިލާފައެވެ. އިންޓަމިލާން ވަނީ 11 ޕޮއިންޓާއެކު ތާވަލުގެ ފަސްވަނައަށް ވެއްޓިފައެވެ.