މުޒާހަރާ ތެރެއިން ކުރީގެ މެމްބަރު ޝާޑު ހައްޔަރުކޮށްފި

މުޒާހަރާ ތެރެއިން ކުރީގެ މެމްބަރު ޝާޑު ހައްޔަރުކޮށްފި

Author
މުޙައްމަދު ޝަޒައިމް
10 އޮކްޓޯބަރ 2021 10:07
0

ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ޝާހިދު (ޝާޑު) ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

އިދިކޮޅު ކޯލިޝަނުން މިރޭ މާލޭގެ މަގުތަކުގައި ކުރަމުންދާ މުޒާހަރާގެ ތެރެއިން ޝާޑު ހައްޔަރުކޮށްފައިވަނީ މުޒާހަރާ ހުއްޓުވުމަށް ކުރި މަސައްކަތުގައެވެ. ޝާޑުވަނީ ފުލުހުން އޭނާ ގެންދަން މަސައްކަތްކުރުމުން އެކަމާއި ދެކޮޅު ހެދުމެއްނެތި ފުލުހުންނާއިކު ގޮސްފައެވެ.

ޝާޑު ހައްޔަރު ކުރުމާއި ގުޅިގެން ޕީޕީއެމްގެ ނާއިބް ރައީސް އަހުމަދު ޝިޔާމް ވަނީ ޝާޑު މިހާރުން މިހާރަށް ދޫކުރުމަށް ގޮވާލާފައެވެ. ސުލްހަވެރިކަމާއިއެކު އެއްވެ އުޅުމާއި މުޒާހަރާ ކުރުމަކީ ޤާނޫނު އަސާސީން ދިވެހި ރައްޔިތުންނަށް ލިބިދީފައިވާ ހައްގަކަށްވާއިރު، މިހައްގުން ދިވެހި ރައްޔިތުން މަހުރޫމް ނުކުރެވޭނެކަމަށް ޝިޔާމް ވަނީ ވިދާޅުވެފައެވެ.

އިދިކޮޅު ފަރާތްތަކުން ގެންދަނީ ޝަރުއީ ނިޒާމު މިނިވަން ކުރުމަށާއި، ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލައި ސިލްސިލާ މުޒާހަރާތައް މާލޭގައާއި އަތޮޅު ތެރޭގައި ބާއްވަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.