އިންޑިއާ ވިސާ ހޯދުމުގައި ހުރި ދަތިތަކަށް އަވަސް ހައްލެއް ލިބޭނެ: ޝާހިދު

އިންޑިއާ ވިސާ ހޯދުމުގައި ހުރި ދަތިތަކަށް އަވަސް ހައްލެއް ލިބޭނެ: ޝާހިދު

އިންޑިއާ ވިސާ ހޯދުމުގައި ހުރި ދަތިތަކަށް އަވަސް ހައްލެއް ލިބޭނެކަމުގެ ޔަޤީންކަން ރާއްޖޭގެ ފޮރިން މިނިސްޓަރ ނ.ޢ.ޢވ ޢަބްދުﷲ ޝާހިދު ދެއްވައިފިއެވެ.

އދ.ގެ ޢާންމު މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ދިވެހިންނަށް އިންޑިއާ ވިސާ ލިބުމުގައި ދަތިތަކެއް ހުރިކަން އެމަނިކުފާނުގެ ސަމާލުކަމަށް އައިސްފައިވާކަމަށެވެ. އިންޑިއާގެ ބޯޑަރުތައް ބަންދުކުރިފަހުން އެޤައުމުން ވިސާ ލިބުމުގައި ދަތިތަކެއް ހުރިކަން ފާހަގަކުރައްވާ މިނިސްޓަރ ޝާހިދު ވިދާޅުވީ، ދިވެހިންނަށް އިންޑިއާ ވިސާ ލިބޭނެ ފަސޭހަ އިންތިޒާމްތަކެއް ހަމަޖެއްސުމަށް އިންޑިއާ ސަރުކާރާއެކު މަޝްވަރާތައް ކުރިއަށްދާކަމަށެވެ. އަދި މިކަމިގައި އަވަސް ހައްލެއް ލިބޭނެކަމުގެ ޔަޤީންކަން އެބައޮތްކަމަށްވެސް މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ.

އިންޑިއާއަށް ދާން ވިސާ ހޯދަން ސަލާން ޖަހަން ޖެހިފައި! ހައްލެއް އެބައޮތްތަ؟

ބޭސް ފަރުވާ ކުރުމަށް އިންޑިއާއަށް ދާން ބޭނުންވާ ދިވެހިންނަށް ވިސާ ހޯދުމުގައި ކުރިމަތިވަމުންދާ ތަކުލީފުތައް އަޅުގަނޑަށް އެނގޭ. މިހާތަނަށްވެސް އިންޑިއާގެ ބޯޑަރު ބަންދުކޮށްފައިއޮތުމުން، ދިވެހިންނަށް ވިސާދެމުން އިންޑިއާ ސަރުކާރުން ހަމަޖައްސާފައިވާ ޚާއްސަ އުސޫލެއްގެ ދަށުން. މިހާރު ކުރިމަތިވެފައިވާ އުނދަގޫތަކަށް ހައްލެއް ހޯދުމަށް އަޅުގަނޑު މި އަންނަނީ މެދުކެނޑުމެއްނެތި އިންޑިއާ ސަރުކާރާ ވާހަކަދައްކަމުން. ވަރަށް އަވަހަށް ޙައްލެއް ލިބޭނެކަމަށް ޔަޤީން ކުރަން.\

– ޢަބްދުﷲ ޝާހިދު

ސާ ހޯދުމަށްްޓަކައި ހައި ކޮމިޝަނުގެ ބޭރުގައި ކޮންމެ ދުވަހަކުހެން ކަހަލަ ގޮތަކަށް މީހުން ކިއު ހަދާފައި ތިބެއެވެ. މި ސަރުކާރުަގއި ރާއްޖެއާއި އިންޑިއާ ގާތް ގުޅުމެއް އޮތްނަމަވެސް އިންޑިއާ ވިސާ ހޯދުމަށް ދިވެހިން މިއަދު "ސަލާން ޖަހަން" ޖެހިފައިވާކަމަށް ބައެއް ފަރާތްތަކުން ސިފަކުރެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *