އަންސަރު ގްރީންއަށް

އަންސަރު ގްރީންއަށް

ގުޅުންހުރި

މިދިޔަ ސީޒަނުގައި ފޯކައިދޫ އަށް ކުޅުނު އަންސަރު އިބްރާހިމް (އަންކޮ)  ކްލަބް ގްރީން  ސްޓްރީޓްސް އަށް ސޮއި ކޮށްފިއެވެ. 

އުމުރުން 25 އަހަރުގެ ޒުވާން ކުޅުންތެރިޔާ އަންސަރު ކުރިން ކުޅެފައިވާ ކްލަބްތަކުގެ ތެރޭގައި ކްލަބް އީގަލްސް، ވެލެންސިއާ، ތިނަދޫ އެފްސީ އަދި ފޯކައިދޫ އެފްސީ ހިމެނެއެވެ.

އާ ސީޒަނަށް ތައްޔާރުވާ ގްރީންގެ ސްކޮޑަށް ވަނީ ބަދަލުތަކެއް ގެނެސްފައެވެ. މިފަހަރު ގްރީންއަށް އަލަށް ގުޅުނު ކުޅުންތެރިންތަކުގެ ތެރޭގައި އެންމެފަހުން ފޯކައިދޫ ޓީމަށް ކުޅުނު މުޙައްމަދު ޖައިލަމް (އޮގީ) ގެ އިތުރުން ތަޖުރިބާކާރު ކުޅުންތެރިޔާ ރިލްވާން ވަހީދު ހިމެނެއެވެ.

ކުރިޔަށް އޮތް ސީޒަނުގައި ދެން ޓީމާ އަލަށް ގުޅުނު ކުޅުންތެރިންނަކީ 19 އަހަރުން ދަށުގެ ގައުމީ ޓީމުގެ ކެޕްޓަން ހަސަން ނަޒީމް (ޗޯޓު) ގެ އިތުރުން ރާއްޖޭގައި މީގެކުރިން ކުޅެފައިވާ ބިދޭސީ ދެ ކުޅުންތެރިން ކަމަށްވާ އެންޖަލް މުނޯޒް އާއި ކަލީލް ޖަމާލް ފާހަގަކޮށްލެވެއެވެ. މީގެއިތުރުން ގްރީނަށް މި ސީޒަނުގައި ކުޅޭނެ ތިން ކީޕަރުންނަކީ ޕާކިސްތާން ކީޕަރު ހަނީފް ސާގިބް އަދި ލަބާން ޝަރީފާއި އަރަމުން އަންނަ ކީޕަރު ރާއިފް އެވެ.

ކުރިޔަށް އޮތް ސީޒަންގައި ގްރީންގެ ފުރަތަމަ މެޗަށް ނުކުންނާނީ އަންނަ ޑިސެންބަރު މަހު 24 ވަނަ ދުވަހު ދިވެހި ޕްރިމިއަރ ލީގުގައި ވެލެންސިޔާ ދެކޮޅަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *