ރާއްޖޭގައި ކޯވިޑް-19 ޖެހިގެން އަންހެނަކު މިއަދު ނިޔާވެއްޖެއެވެ.
އެޗްޕީއޭއިން ބުނެފައިވަނީ ހުޅުމާލޭ ކޯވިޑް ފެސިލިޓީގައި ފަރުވާދެމުން ދަނިކޮށް ނިޔާވެފައި ވަނީ 72 އަހަރުގެ ދިވެހި އަންހެނެކެވެ. މިއާއެކު، މި ބަލި ޖެހިގެން ރާއްޖެ އިން ނިޔާވި މީހުންގެ އަދަދު ވަނީ 234 އަށް އަރައިފައެވެ. މި މަހު އެކަނި ވެސް ތިން މީހަކު ވަނީ ނިޔާވެފައެވެ.
ރާއްޖޭގައި ކޯވިޑް ފެތުރުން ވަރަށް ބޮޑަށް ވަނީ މަދުވެފައެވެ. އެގޮތުން އިއްޔެ މި ބައްޔަށް ޕޮޒިޓިވްވެ ވަނީ 46 މީހުންނެވެ.
ރާއްޖެ އިން މިހާތަނަށް 85،000 އަށް ވުރެ ގިނަ މީހުން ވަނީ ކޯވިޑަށް ޕޮޒިޓިވް ވެފައެވެ. އަދި 83،000 އަށް ވުރެ ގިނަ މީހުން ބަލިން ރަނގަޅުވި އިރު މި ބަލީގައި ނިޔާވެފައި ވަނީ 233 މީހުންނެވެ.