މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)ގެ ވަގުތީ އެގްޒެކްޓިވް ކައުންސިލަށް މެންބަރުން ހޮވުމަށް ބޭއްވި އިންތިޚާބުގައި އެޕާޓީގެ އަންހެނުންގެ ގޮފީގެ ރައީސަށް ކުރީގެ ފޮރިން މިނިސްޓަރ ދުންޔާ މައުމޫން އިންތިޚާބް ކޮށްފިއެވެ.
އެމްއެންޕީ އުފެއްދުމަށްޓަކައި ވަގުތީ ގޮތުން އިންތިޚާބު ކުރަންޖެހޭ މަޤާމުތަކަށް އިންތިޚާބު ކުުރުމަށް މިއަދު ބޭއްވި ބައްދަލުވުމުގައި ކަނޑައެޅި ހުރިހާ މަޤާމުތަކަށް ވަނީ މެމްބަރުން އިންތިޚާބު ކޮށްފައެވެ. އަންހެން ވިންގުގެ ލީޑަރަށް ތިން ބޭފުޅަކު ވަދާކުރެއްވިއިރު، ދުންޔާ އެ މަގާމަށް އިންތިހާބުކުރީ 207 މީހުންގެ ވޯޓުންނެވެ. އެ މަގާމަށް ދެން ވާދަކުރި އައިޝަތު އަބްދުﷲ އަށް 43 ވޯޓު އަދި އައިޝަތު ހުސެއިން މަނިކަށް 11 ވޯޓު ލިބުނެވެ.
ނާއިބު ރައީސުންގެ ތެރެއިން ޝިދާތާ ކާމިޔާބުކުރެއްވި މަތި އުތުރު ރީޖަންގެ ނާއިބު ރައީސް ކަމަށް އޭނާއާ އެކު ކުރިމަތިލެއްވީ ޓީވީ ޕްރެޒެންޓަރު އަހުމަދު އަނޫޝް އާއި އާއި މުހައްމަދު ސައީދެވެ. ޖުމުލަ 276 މީހުން ވޯޓުލިއިރު، ޝިދާތާ ކާމިޔާބުކުރެއްވީ 137 މީހުންގެ ވޯޓުންނެވެ. އަނޫޝަށް 118 ވޯޓު ލިބުނުއިރު، ސައީދަށް ހޯއްދެވުނީ 21 ވޯޓެވެ.
އެމްއެންޕީގެ އެކި މަޤާމުތަކަށް އިންތިޚާބު ކުރެވުނު ބޭފުޅުން:
– އަންހެނުންނަށް ހާއްސަ ކޮށްފައިވާ ރައީސް ކަމަށް، މިރުފަތު އިސްމާއިލް ޝަފީގް
– ޒުވާނުންގެ ވިންގު ލީޑަރު ކަމަށް، އުމެއިރު އަހްމަދު
– ކައުންސިލްގެ 14 މެމްބަރުގެ ގޮނޑި އަށް، އަސްރާ އަހްމަދު، މުހައްމަދު މަނިކު، މުހައްމަދު ހާނިމް، ހުސެއިން ފަޔާޒް، އިބްރާހިމް ޝަބާހު، އަހްމަދު ރިޔާޒް، އަހަމްދު ސާލިމް ސައީދު، މުހައްމަދު ނިޒާމް، އަހްމަދު އަމްޖަދު، އިބްރާހިމް މުހައްމަދު، އަބްދުﷲ ޝުހޫދު، އަޝްރަފު މުހައްމަދު އަލީ އަދި އަލީ އަބްދުލް ލަތީފް.
– ކައުންސިލްގެ އަންހެނުންނަށް ހާއްސަކުރި ހަތް ގޮނޑި އަށް، އައިމިނަތު ޝާއިދާ، އިފާ ޝަރީފް، އައިމަނަތު އަޒީމާ، އައިޝަތު ޝައްމާ، ސިޔާމާ އަލީ، ފާތިމަތު ނާޒީން އަދި ފާތިމަތު ރިފާއުއެވެ.
އެމްއެންޕީގައި ހަ ނާއިބު ރައީސުން ތިއްބަވާނެ އެވެ. ވަދާކުރާނެ އިތުރު މީހަކު ނެތިގެން، އިންތިހާބަކާ ނުލައި ހަތަރު ނާއިބު ރައީސުން މިހާރު ވަނީ ހޮވިފަ އެވެ؛ އެއީ އުތުރު ރީޖަންގެ ނާއިބު ރައީސަކަށް ހުސައިން އިސްމާއީލާއި މެދު ރީޖަންގެ ނާއިބު ރައީސަކަށް ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް އާއި މެދު ދެކެނު ރީޖަންގެ ނާއިބު ރައީސަކަށް ތިމަރަފުށި ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒާއި ދެކުނު ރީޖަނަށް ސައިރިކްސްގެ ޗެއާމަން އަހުމަދު ޝަރީފެވެ.
އެމްއެންޕީ އުފެއްދުމަށްޓަކައި ބާއްވަންޖެހޭ ޚާއްސަ ޖަލްސާ މިރޭ ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އެޕާޓީގެ އަމާޒަކީ މިއަހަރު ނިމުމުގެ ކުރިން 10،000 މެމްބަރުން ހަމަކުރުމެވެ.
ކޮމެންޓު ފޮނުވާ