ކޯވިޑް-19 : ކަނޑިންމަ ރިސޯޓުން ނެގި ރެންޑަމް 17 ސާމްޕަލްވެސް ޕޮޒިޓިވް

ކޯވިޑް-19 : ކަނޑިންމަ ރިސޯޓުން ނެގި ރެންޑަމް 17 ސާމްޕަލްވެސް ޕޮޒިޓިވް

Author
މުޙައްމަދު ޝަޒައިމް
01 ނޮވެމްބަރ 2020 09:59
0

ކޯވިޑް-19 އަށް ޕޮޒިޓިވް ކޭސްއެއް ފެނުމާއި ގުޅިގެން ކަނޑިންމަ ރިސޯޓުން އިއްޔެ ނެގި 17 ރެންޑަމް ސާމްޕަލްވެސް ޕޮޒިޓިވްވެފައިވާ އެޗްއީއޯސީން ވިދާޅުވެއްޖެއެވެ.

އެ ރިސޯޓުން ޕޮޒިޓިވްވި މީހުންގެ ތެރެއިން ހައި ރިސްކް މީހުން ފެސިލިޓީއަކަށް ގެންދިއުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އެޗްއީއޯސީން ވިދާޅުވިއެވެ. މީގެއިތުރުން ކޮންޓެކްޓް ޓްރޭސިން އާއި އިތުރު ސާމްޕަލް ނެގުމުގައި ދ. އަތޮޅު ހޮސްޕިޓަލްގެ ޓީމެއް އެ ރިސޯޓުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށް އެޗްއީއޯސީން ވަނީ ވިދާޅުވެފައެވެ.

ކޯވިޑް-19 ބަލީގައި ހާލުދެރަވެގެން އެރިސޯޓުން މިދިޔަ ހުކުރު ދުވަހުވަނީ މީހަކު ނިޔާވެފައެވެ. މި މީހާ ނިޔާވީ ދ.އަތޮޅު ހޮސްޕިޓަލްގައި ފަރުވާދެމުންދަނިކޮށެވެ. ނަމަވެސް އެމީހާ ބައްޔަށް ޕޮޒިޓިވްކަން އެނގިފައިވަނީ، ނިޔާވިފަހުން ނެގި ސާމްޕަލްއަކުންނެވެ.

ކަނޑިންމަ ރިސޯޓުން ބަލި ފެނުމާއި ގުޅިގެން މިއަދު އެ ރިސޯޓަށް ދ.އަތޮޅު ހޮސްޕިޓަލްގެ ޓީމެއް ފޮނުވުމަށް ހަމަޖެހިފައިވާކަމަށް އެޗްއީއޯސީން ރޭވަނީ ހާމަކޮށްފައެވެ. މިޓީމަކީ އެރަށުގައި ތިބި ބަލީގެ ޢަލާމާތްތައްހުރި މީހުން ދެނެގަތުމާއި، ކޮންޓެކްޓް ޓްރޭސިންގއާއި، ސާމްޕަލް ނެގުމުގެ މަސައްކަތް ކުރުމަށް ފޮނުވާ ޓީމެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.