ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ކޯވިޑް ބަލިމީހަކަށް ފަރުވާދެނީ- ފޮޓޯ: ޖެންޑާ މިނިސްޓްރީ

މިއަދު މާލެ ސަރަހައްދުން ޕޮޒިޓިވްވީ 13 މީހުން

މިއަދު މާލެ ސަރަހައްދުން ޕޮޒިޓިވްވީ 13 މީހުން

ރާއްޖެއިން އިތުރު 70 މީހުން ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން އެންމެފަހުން ޢާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު ފާއިތުވި 24 ގައިއިރުގެ ތެރޭގައި ރާއްޖެއިން ޕޮޒިޓިވްވީ 70 މީހުންނެވެ. މީގެ ތެރޭގައި ހިމެނެނީ މާލެ ސަރަޙައްދުން ޕޮޒިޓިވްވި، 13 މީހުންނާއި އަތޮޅުތަކުގެ ރަށްރަށުން ޕޮޒިޓިވްވި 54 މީހަކާއި، ރިސޯޓްތަކުން ޕޮޒިޓިވްވި 3 މީހުންނާއި، ލިވަބޯޑުން ޕޮޒިޓިވްވި މީހެކެވެ.

އަލަށް ބައްޔަށް ޕޮޒިޓިވްވި މީހުންނާއެކު ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ ޢަދަދު ވަނީ 85،348 އަށް އަރާފައެވެ. ކޯވިޑަށް މިވަގުތު ފަރުވާ ހޯދަމުންދާ 1،319 މީހުންގެ ތެރެއިން 15 މީހުންނަށް ފަރުވާދެމުން އަންނަނީ ކޯވިޑް މެޑިކަލް ފެސިލިޓީތަކުގައި އެޑްމިޓްކޮށްގެންނެވެ.

ވޭތުވެދިޔަ 24 ގަޑިއިރު މިބަލިން 84 މީހުން ވަނީ ރަނގަޅުވެފައެވެ. މިއާއެކު ބަލިން ރަނގަޅުވި މީހުންގެ ޢަދަދުވަނީ 83،784 އަށް އަރާފައެވެ. ބަލި ދެނެގަތުމަށް ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ވަނީ 3،177 ސާމްޕަލް ޓެސްޓުކޮށްފައެވެ. މިބަލީގައި މިހާތަނަށް 232 މީހުން ރާއްޖޭގައި ވަނީ ނިޔާވެފަވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *