އަޑިއަށް ދިޔަ ދޯނީގައި ތިބި މީހުން ފެނިއްޖެ

އަޑިއަށް ދިޔަ ދޯނީގައި ތިބި މީހުން ފެނިއްޖެ

Author
މުޙައްމަދު ޝަޒައިމް
05 އޮކްޓޯބަރ 2021 08:52
0

ސަޕްލައި ދޯންޏެއް އަޑިއަށް ގޮސްގެން އޭގައިތިބި 5 މީހުން ހޯދުމަށް ކުރި މަސައްކަތުން މިހާރު ފެނިފައިވާކަމަށް އެމްއެންޑީއެފް އިން ބުނެފައެވެ.

ދޯނީގައި 5 ތިބި ފަސް މީހުން މިހާރު ފެނިފައިވާކަމަށް އެމްއެންޑީއެފްއިން ވަނީ ބުނެފައެވެ. މިމީހުން ހޯދުމަށް އެމްއެންޑީއެފް ޑޯނިއާ ފްލައިޓްވެސް ވަނީ ހަރަކާތްތެރިވެފައެވެ. މިމީހުން ފެނިފައިވަނީ މިއަދު 8:30 ހާއިރު އެމްއެންޑީއެފް ކޯސްޓް ގާޑަށެވެ.

ދޯނީގައި ތިބި މީޙުންގެ ހާލު ރަނގަޅު ކަމަށާއި، މިހާރު އެމީހުން ކާށިދޫއަށް ގެންދިއުމުގެ މަސައްކަތް ކުރަމުންދާކަމަށް އެމްއެންޑީއެފްއިން ވަނީ ބުނެފައެވެ.

އެމްއެންޑީއެފްއިން ބުނެފައިވަނީ ފަސް މީހުންނާ އެކު ކާށިދޫން ފުރައިގެން ޅ.އަތޮޅަށް ދަތުރުކުރަމުންދިޔަ 60 ފޫޓުގެ ސަޕްލައި ދޯންޏެއް، ޅ.އަލިގާގެ ހުޅަނގުން 4 ނޯޓިކަލް މޭލު ބޭރުން އަޑިއަށް ގޮސްގެން އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑު ސްކޮޑްރަންއިން ހަރަކާތްތެރިވަމުންދާކަމަށެވެ. ހާދިސާގެ ރިޕޯޓް ލިބިފައިވަނީ މިއަދު ފަތިހު 05:59 ހާއިރުކަމަށް އެމްއެންޑީއެފްއިން ބުނެފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.