މިހާލަތުގައި ގެއިން ކަރަންޓާއި، ފެންކަޑާލުމަކީ އިސްލާމީ ދައުލަތަކަށް ކުރެވޭނެ ކަމެއް ނޫން: އުމަރު

މިހާލަތުގައި ގެއިން ކަރަންޓާއި، ފެންކަޑާލުމަކީ އިސްލާމީ ދައުލަތަކަށް ކުރެވޭނެ ކަމެއް ނޫން: އުމަރު

Author
މުޙައްމަދު ޝަޒައިމް
31 އޮކްޓޯބަރ 2020 10:27
0

ކޯވިޑް-19 ގެ މިހާލަތުގައި މީހުން ދިރިއުޅޭ ގޭތަކުން ކަރަންޓާއި، ފެންކަޑާލުމަކީ އިސްލާމީ ދައުލަތަކަށް ކުރެވޭނެ ކަމެއް ނޫންކަމަށް 2023 ގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

ކޯވިޑް19 ގެ މިހާލަތުގައިވެސް މާލޭގެ ބައެއް ގޭގެއިން ކުއްޔާއި، ފެންބިލް ނުދައްކާތީ އާއިލާތައް ގެއިން ނެރެ ނިކަމެތި ކޮށްލަމުންދާ މައްސަލާގައި ސަރުކާރުން އެކަށިގެންވާ އިޖާބައެއް މިކަމަށް ނުދޭތީ ކަންބޮޑުުވުން ފާޅުކޮށް އުމަރު ވިދާޅުވީ ރާއްޖޭގެ އެތަށް އާއިލާ އެއް މިވަގުތު އުޅެނީ ވަރަށް ދަތިހާލުގައި ކަމަށެވެ.  މިހާލަތުގައި ތިއްބާ، ގެއިން ކަރަންޓް ކަޑާލުމަކީ ނުވަތަ ފެންކަޑާލުމަކީ އިސްލާމީ ދައުލަތަކަށް ކުރެވޭނެ ކަމެއް ނޫންކަމަށެވެ.

ފޯރުންތެރިކަމަށް ބެލުމެއް ނެތި، އާއިލާ އަށް ވަންނަ އާންމުދަނީ އަށް ބެލުމެއް ނެތި، ދައުލަތުގެ ކުންފުންޏަކުން މިހެން ނުހެއްދެވުމަށް އަޅުގަޑު އިލްތިމާސް ކުރަން. މިއަދުވެސް އެތަށް އާއިލާއެއް ތިބީ ފެނާ ކަރަންޓުގެ ޚިދުމަތުން މަޙުރޫމްވެފަ.

– އުމަރު ނަސީރު

އުމަރު ވިދާޅުވީ މި މުޖްތަމަޢުގައި ރަށަށް ދެވޭނެ ގޮތެއްނެތި މަގުމަތިވެފަ ބަޔަކު އެބަތިބި. ކުނިކޮތަޅު ހާވައިގެން ކާ ބަޔަކު އެބަތިބި. މިއީ ދައުލަތުގެ ވެރިންގެ ބޮލުގައި އެޅޭ ޒިންމާ އެއްކަމަށެވެ. އަދި މުޖްތަމަޢުގައި ތިބި އެންމެ ނިކަމެތިންނާ މެދު އަޅާލާ އެހީ ފޯރުކޮށްދިނުމަކީ އިސްލާމީ ދައުލަތެއްގެ އެންމެ މުހިންމު އެއް ސިފަކަމުގައި އުމަރު ވިދާޅުވިއެވެ.

މުޖުތަމައުގައި ހުންނަ މިފަދަ މައްސަލަތަކަކާއި ގުޅިގެން އުމަރު ދަނީ އެކި ހާލާތްތަކުގައި ކަންބޮޑުވުން ފާޅުކުރަމުންނެވެ. އަދި މިކަންކަމަކީ ދައުލަތުން ފޯރުކޮށްދޭންޖެހޭ އަސާސީ ހައްގުތަކަށްވާއިރު، މިކަންކަން ކަށަވަރުކޮށް ދިނުމަށް އުމަރު ވަނީ ސަރުކާރަށް ގޮވާލާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.