ރޫޓް ފިހާރައިގެ ފައިސާ ފޭރިގަންނަން އުޅުނު މީހުންގެ ވަނަވަރު އާންމުކޮށްފި

ރޫޓް ފިހާރައިގެ ފައިސާ ފޭރިގަންނަން އުޅުނު މީހުންގެ ވަނަވަރު އާންމުކޮށްފި

Author
މުޙައްމަދު ޝަޒައިމް
31 އޮކްޓޯބަރ 2020 07:08
0

ރޫޓް ފިހާރައިން ބޭންކަށް ޖަމާކުރުމަށް ގެންދިޔަ 4 މިލިއަނަށްވުރެ ގިނަ ރުފިޔާ ފޭރިގަންނަން އުޅުނު މައްސަލައިގައި ހިމެނޭ ހަތަރު މީހުން ހައްޔަރުކޮށް އެމީހުންގެ މަޢުލޫމާތު ފުލުހުން ޢާންމުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ މިދިޔަ އާދީއްތަ ދުވަހު ރޫޓް ފިހާރައިން ބޮޑުތަކުރުފާނު މަގުގައި ހުންނަ ބޭންކު އޮފް ސިލޯނަށް ޖަމާކުރުމަށް ގެންދިޔަ ހަތަރު މިލިއަނަށްވުރެ ގިނަ ފައިސާ ފޭރުނު މައްސަލާގައި އަމަލީގޮތުން ބައިވެރިވިކަމުގެ ތުހުމަތުގައި ހަތަރު މީހުން ހައްޔަރުކޮށްފައިވާކަމަށެވެ. އެ ހަތަރު މީހުންނަކީ ވ.ޕިންކްވިލާ، އުމުރުން 20 އަހަރުގެ އަޙްމަދު އަމީރުއާ، ގއ.ވިލިނގިލި/ކަނީރުމާގެ، 23 އަހަރުގެ މުޙައްމަދު މުސްޢަބު ޒުބައިރު އަދި ދަފްތަރު ނަންބަރު 3678، 22 އަހަރުގެ ޙުސައިން ޢަބްދުލްމަޖީދު އާއި ލ.ގަން، ތުނޑި. ކީމިޔާގެ، އުމުރުން 27 އަހަރުގެ ޢަބްދުﷲ ރާޝިދުއެވެ.

މިހަތަރު މީހުންނަކީވެސް ވައްކަމާއި، ތޫނު ހަތިޔާރުން ހަމަލާދީ ފޭރުމާއި، މާރާމާރީ އަދި މަސްތުވާތަކެތީގެ މައްސަލަތަކުގެ ކުށުގެ ރެކޯޑްސް އޮންނަ މީހުންކަމަށް ފުލުހުން ވިދާޅުވިއެވެ.

މިހަތަރު މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުންވަނީ 15 ދުވަހުގެ ބަންދުގެ މުއްދަތެއް ދީފައިކަމަށާ މިމައްސަލަ، ފުލުހުންގެ ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ތަހުގީގު ކުރަމުުންދާކަމަށް ފުލުހުން ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.