އިއްޒަތްތެރި މެމްބަރު ކިޔާއިރު، އިއްޒަތްތެރިކަން ނުލިބޭތީ އިކުރާމްގެ ކަންބޮޑުވުން!

އިއްޒަތްތެރި މެމްބަރު ކިޔާއިރު، އިއްޒަތްތެރިކަން ނުލިބޭތީ އިކުރާމްގެ ކަންބޮޑުވުން!

Author
މުޙައްމަދު ޝަޒައިމް
02 އޮކްޓޯބަރ 2021 02:30
0

ރައްޔިތުންގެ މަޖިލީުގެ މެމްބަރުންނަށް އިއްޒަތްތެރި މެމްބަރުން ކިޔާއިރު، އިއްޒަތްތެރިކަން ނުލިބޭތީ ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ މުލަކު ދާއިރާގެ މެންބަރު އިކްރާމް ހަސަން ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅު ކުރައްވައިފިއެވެ.

އިކްރާމް ޝަކުވާކުރެއްވީ މަޖިލީހުގެ މެންބަރުންގެ އެކުވެރިންނަށް އެއާޕޯޓުގެ ވީއައިޕީ ލޯންޖު ބޭނުންކުރެވޭ ގޮތް ހެދުމަށް މަޖިލީހުގެ އާންމު ކޮމިޓީން ނިންމާފައިވާ ނިންމުމާ ދެކޮޅަށް މަޖިލީހުގެ ގިނަ މެންބަރުން ތަކެއް ވާހަކަދައްކަވާފައިވާތީ އެކަމާ ހިތްހަމަޖެހިވަޑައިނުގެން މެންބަރުން ތިއްބަވާ ވަޓްސްއަޕް ގުރޫޕަކަށް ފޮނުއްވި މެސެޖުތަކެއްގައެވެ.

މަޖިލީހުގެ އެމްޑީޕީގެ މެމްބަރުންގެ ތެރޭގައި މިއަދު ކުރެވެމުންދާ ބަހުސްގައި މެމްބަރު އިކްރާމް ވިދާޅުވީ މަޖިލީހުގެ މެމްބަރުންނަށް "އިއްޒަތްތެރި" މެމްބަރުން ކިޔާއިރު، އިއްޒަތްތެރިކަމެއް ނުލިބޭކަމަށެވެ. މެމްބަރުންނަކީ އާދައިގެ މީހުންނަށްވެސް ދަށް ބައެއްކަމަށް އޭނާ ވަނީ ބުނެފައެވެ. އިކްރާމް ވިދާޅުވީ މެމްބަރުންނަށް އިއްޒަތްތެރި ލަގަބު ދީފައި އެކަން ނުލިބޭނަމަ "ނިކަމެތި" މެމްބަރުން ކިޔުންވެސް މާ ރަނގަޅު ވާނެކަމަށެވެ.

އިކްރާމްގެ ވާހަތަކަށް އެމްޑީޕީގެ ރައީސް ނަޝީދަށް ތާއީދު ކުރައްވާ މެމްބަރުން ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. މެންބަރު އިކްރާމުގެ ޝަކުވާތަކާ ގުޅިގެން މަޖިލީހުގެ ނައިބް ރައީސް އީވާ އަބްދުﷲ ވިދާޅުވީ ގާނޫނުތަކާއި މަޖިލީހުގެ ގަވައިދު ފާސްކުރަނީ މެންބަރުން ކަމަށްވާތީ މަޖިލީހުގެ އިދާރާއިން ލާޒިމުކުރާ ކަމެއް ނެތް ކަމަށެވެ. އަދި ކިއުގައި ޖެހިވަޑައިނުގެން މެންބަރުންނަށް ހިދުމަތް ލިބޭނެ ގޮތް ހެދުމަށް ގާނޫނާއި ގަވައިދުތަކަށް ގެނެވޭނެ ބަދަލުތަކުގެ ތަފްސީލަކަށް ވެސް އީވާ އެދިވަޑައިގެންނެވިއެވެ.

މަޖިލިސްގެ މެމްބަރުންގެ މެދުގައި ޚާއްސަކޮށް އެމްޑީޕީގެ މެމްބަރުންގެ މެދުގައި ކުރެވޭ މިބަހުސްގައި މަޖިލިސް ރައީސްވެސް ވަނީ މެމްބަރުންނަށް ރައްޔިތުން ފާޑުކިޔަނީ މާބޮޑަށް ބޮޑާވާތީކަމަށް ވިދާޅުވެފައެވެ. މަޖިލީހުގެ މެމްބަރުން ކުރާ ދަތުރު ދަތުރުތަކުގައި ވީއައިޕީ ލައުންޖު ބޭނުން ކުރާއިރު، އެކުގައިދާ އެކުވެރިންނަށްވެސް އެތަން ބޭނުން ކުރެވޭ ގޮތަށް އެމްޑީޕީގެ ކޮންޓްރޯލް އޮންނަ އާންމު ކޮމެޓީން ނިންމުން ގިނަ ރައްޔިތުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.