ޤައުމީ ފުޓުބޯޅަ ޓީމަށް ހިތްވަރު ދިނުމަށް ބާއްވާ ޚާއްސަ އިވެންޓެއް މިއަދު ހަވީރު ހުޅުމާލޭގައި ބޭއްވުމަށް ހަމަޖެހިއްޖެއެވެ.
މި އިވެންޓް އިންތިޒާމު ކުރަނީ ހުޅުމާލޭގެ ކައުންސިލަރު އިބްރާހިމް ޝުޖާއެވެ. ޝުޖާ ވިދާޅުވީ ހުޅުމާލޭ މާލެ ރައްޔިތުން ޤައުމީ ޓީމާއެކު” މިނަމުގައި ޤައުމީ ޓީމަށް ހިތްވަރު ދިނުމުގެ ގޮތުން މިއަދު ހަވީރު ބާއްވާ އިވެންޓަކީ ވަރަށް ޚާއްސަ އިވެންޓެއް ކަމަށެވެ. މި އިވެޓުގައި ހަބޭސް ބޮޑު ބެރު ގްރޫޕްގެ ބޮޑުބެރު ހަރަކާތްތަކާއި، ޤައުމީ ދިދަ ބެހުން އޮންނާނެ ކަމަށެވެ. މި އިވެންޓް ބޭއްވުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭ ސެޓްރޯމޯލް ސަރަހައްދުގައެވެ.
ތިންވަނަ ފަހަރަކީ މިފަހަރު ކަމުގައި ހެއްދެވުމަށް ހުރިހާ ރައްޔިތުންގެ ސަޕޯޓު ޤައުމީ ޓީމަށް ވަރަށް މުހިއްމު.#ތިންވަނަފަހަރުމީއެފަހަރު#އެންމެފަުރަތަމަޤައުމު ??
— Ibrahim Shujau (@IbrahimShujaau) October 1, 2021
ސަރަހައްދީ އެންމެ ބޮޑު ފުޓުބޯޅަ މުބާރާތް ސާފް ޗެންޕިއަންޝިޕް މިއަދު ރާއްޖޭގައި ފަށާނެއެވެ. ގަލޮޅު ރަސްމީ ބޯޅަ ދަނޑުގައި މުބާރާތުގެ ފުރަތަމަ މެޗުގައި ވާދަކުރަނީ ސްރީލަންކާއާއި، ބަންގްލަދޭޝްއެވެ.
މިފަހަރުގެ އުރީދޫ ސާފްޗެންޕިއަންޝިޕް ކުލަގަދަ ރަސްމިއްޔާތަކާއެކު ފެށުމަށް ހަމަޖެހިފައިވަނީ މިރެއެވެ. މިރޭގެ ރަސްމިއްޔާތަށްފަހު ދިވެހި ޤައުމީ ޓީމު ދިވެހި ސަޕޯޓަރުންނާއި، ދިވެހި ރައްޔިތުންގެ އުންމީދު ހަޤީގަތަކަށް ހެދުމަށް ފުރަމަ ކުރިމަތިލުމާއި މިރޭ ކުރިމަތިލާނެއެވެ. ނޭޕާލާ ދެކޮޅަށް ކުޅެ މިމެޗަކީ މުބާރާތުގެ ތައްޓާ ހަމައަށް ވާސިލު ވުމަށްޓަކައި ވަރަށް މުހިންމު މެޗެކެއެވެ.
މިއަދު ފަށާ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ރާއްޖެ ހިމެނޭހެން 5 ޤައުމަކުން ވާދަކުރާއިރު މި މުބާރާތް ކުރިއަށްދަނީ މިމަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށެވެ. ރާއްޖެއިން ވަނީ 2008 އަހަރާއި، 2018 ވަނަ އަހަރު ބޭއްވި ސާފް ޗެމްޕިއަންޝިޕް މުބާރާތް ކާމިޔާބުކޮށްފައެވެ. މިއީ މުބާރާތުގެ ތަށި ދިފާއުކޮށް އަމިއްލަ ފަސްގަނޑުގައި ބެހެއްޓުމަށް ލިބޭނެ ރަނުގެ ފުރުސަތެވެ.
ކޮމެންޓު ފޮނުވާ