ދ. ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓް އަހްމަދު އާމިރުގެ މައްސަލަ ބެލުމަށް ނިންމާފައިވާ ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބުނެފިއެވެ.
އެ ކޮމިޝަނުން މިއަދު ބުނީ، އޭނާގެ މައްސަލައެެއް ބަލަން ނިންމާފައި ވަނީ ދައުލަތުގެ އިދާރާއަކަށް ހަގީގަތާއި ހިލާފު މައުލޫމާތެއް ދީފައިވާ ކަމަށް ބުނާ މައްސަލައިގައި ކަމަށެވެ.
އެ މައްސަލަ ތަހުގީގު ކުރުމަށް ޖޭއެސްސީގެ މައްސަލަ މެދުމާއިމެދު ގޮތެއް ނިންމާ ކޮމެޓީން ނިންމާފައިވާ ކަމަށް ޖޭއެސްސީން ބުނެފައި ވެެއެވެ.
އެ މައްސަލަ ބެލުމަށް ޖޭއެސްސީން ވަނީ ކޮމެޓީއެެއް އެކުލަވާލައިފައެވެ.
ކޮމެންޓު ފޮނުވާ