އދ.ކުނބުރުދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢު އެމްޓީސީސީއާއި ހަވާލުކޮށްފިއެވެ.
ޕްލޭނިން މިނިސްޓްރީގައިބޭއްވި މި ރަސްމިއްޔާތުގައި އެ ދެރަށުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢު ހަވާލުކޮށްފައިވަނީ އެމްޓީސީސީއާއެވެ. މި މަޝްރޫޢުގެ ދަށުން ތ.ކުނބުރުދޫގައި 170 މީޓަރުގެ ރިވެޓްމެންޓަކާއި، ބަނދަރުގައި 50 މީޓަރުގެ ކީވޯލް އަދި ރޭމްޕެއް ޤާއިމްކުރުމަށް ވަނީ ނިންމާފައެވެ.
ދައުލަތުގެ ބަޖެޓުން 9.61 މިލިއަން ރުފިޔާއަށް ހަވާކުރި މި މަޝްރޫޢުއަކީ 150 ދުވަހުގެ ތެރޭގައި ނިންމާގޮތަށް ހަވާލުކުރި މަޝްރޫޢުއެކެވެ.
ޑިޒައިން އެންޑް ބިލްޑް އުސޫލުން މި މަޝްރޫޢު އެމްޓީސީސީއާއި ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެ މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ ޒީނިއާ ހަމީދެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ޗީފް އޮޕަރޭޓިން އޮފިސަރ ޝާހިދު ޙުސައިން މޫސާއެވެ.
މި މަޝްރޫޢުއާއެކު ކުނބުރުދޫއަށް ޒަމާނުއްސުރެ ދިމާވެފައިވާ ރަށް ގިރުމުގެ މައްސަލަ ހައްލުވާނެކަމަށް ޕްލޭނިން މިނިސްޓްރީން ބުންޏެވެ. އަދި