ސާފް ޗެންޕިއަންޝިޕް 2021: ނޭޕާލްއާއި ސްރީލަންކާ ޓީމު ރާއްޖެ އަތުވެއްޖެ

ސާފް ޗެންޕިއަންޝިޕް 2021: ނޭޕާލްއާއި ސްރީލަންކާ ޓީމު ރާއްޖެ އަތުވެއްޖެ

Author
މުޙައްމަދު ޝަޒައިމް
28 ސެޕްޓެމްބަރ 2021 11:13
0

ސާފް ޗެންޕިއަންޝިޕްގައި ވާދަކުރާ ނޭޕާލްގެ ފުޓުބޯޅަ ޓީމާއި ސްރީލަންކާ ޓީމު ރާއްޖެ އަތުވެއްޖެއެވެ.

މިދެ ޓީމަށް ވެލާނާ އިންޓަރނޭޝަލް އެއާޕޯޓް މަރުހަބާ ކިޔާފައިވަނީ އެފްއޭއެމްގެ އިސްބޭފުޅުންނެވެ. އަންނަ މަހުގެ ފުރަތަމަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ ސާފް ޗެންޕިއަންޝިޕްގައި ވާދަކުރާ ހުރިހާ ޓީމެއް މިއަދު ރާއްޖެ އަންނަނާނެއެވެ. އިންޑިއާއި ޓީމާއި ބަންގްލަދޭޝް ޓީމު މިއަދު މެންދުރުފަހު ރާއްޖެ އަންނާނެކަމަށް އެފްއޭއެމް އިން ވަނީ ބުނެފައެވެ.

އުރީދޫ ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވާން ގަތަރުގައި ފުރިހަމަކުރި ތަމްރީނުތަކަށް ފަހު، ރާއްޖޭގެ ގައުމީ ފުޓުބޯޅަ ޓީމުވެސް އިއްޔެ ވަނީ ރާއްޖެ އައިސްފައެވެ. ރާއްޖޭގައި ބޭއްވި ފަރިތަކުރުންތަކަށް ފަހު، 29 ކުޅުންތެރިންގެ ޕްރިލިމިނަރީ ސްކޮޑަކާ އެކު ގައުމީ ޓީމު ގަތަރަށް ފުރީ މި މަހުގެ 10 ވަނަ ދުވަހު އެވެ. ޓީމު ފުރިއިރު، ވަގުތީ ގޮތުން ހަވާލުވެ ހުރި ކޯޗު އަލީ ސުޒޭން ކޮވިޑަށް ޕޮޒިޓިވްވެ، ޓީމާއެކު ފުރޭ ގޮތް ނުވި ނަމަވެސް، ބަލިން ރަނގަޅުވެ ސުޒޭން ޓީމާ ގުޅެން ދޯހާއަށް ފުރީ މީގެ ހަފުތާއެއް ކުރިން މި މަހުގެ 20 ގައެވެ.

ގަތަރުގެ ތަމްރީނުތަކުގެ ތެރެއިން ރާއްޖޭގެ ގައުމީ ފުޓުބޯޅަ ޓީމު ވަނީ އެ ގައުމުގެ ދެވަނަ ޑިވިޝަނުގެ ދެ ޓީމަކާ ދެކޮޅަށް އެކުވެރި ކަމުގެ ދެ މެޗު ކުޅެފަ އެވެ. ފުރަތަމަ މެޗުގައި ކްލަބު ލުސައިލް ސްޕޯޓްސް ބަލިކުރިއިރު، ދެވަނަ މެޗުގައި އާމީ ކުލަބާ ދެކޮޅަށް ކުޅެ ވީ އެއްވަރެވެ.

ސުޒޭން، ދޯހާ އިން ޓީމާ ހަވާލު ވަންދެން ތަމްރީނުތައް ކުރިއަށް ގެންދިޔައީ އެސިސްޓެންޓް ކޯޗު އިސްމާއިލް މަހްފޫޒް (އިންމަ) ގެ އިރުޝާދުގެ ދަށުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.