ނިއުކުލިއަރ ހަތިޔާރު ހޯދުމުގައި އިރާނުން މިހާރު ރަތް ރޮނގު ހުރަސް ކޮށްފައިވާ ކަމަށާއި، އަދި އިސްރާއީލުން އެފުރުސަތު އިރާނަށް ނުދޭނެ ކަމުގައި، ޔޫއެން ޖެނެރަލް އެސްމްބްލީގައި ވާހަކަ ދައްކަވަމުން އިސްރާއީލުގެ ބޮޑުވަޒީރު ނަފްތާލީ ބެނެޓް ވިދާޅު ވެއްޖެއެވެ.
އިސްރާއީލުގެ ބޮޑުވަޒީރުކަމަށް ވަޑައިގެންނެވުމަށްފަހު، އދ. ފުރަތަމަ ފަހަރަށް ވާހަކަ ދައްކަވަމުން އިސްރާއީލުގެ ބޮޑުވަޒީރު ބެނެޓް ވިދާޅުވީ އިރާނުން މެދުއިރުމަތީގެ މައްޗަށް އަތްގަދަ ކުރުމަށް މަސައްކަތް ކުރަމުންދަނީ ނިއުކުލިއަރ ހަތިޔާރު ތަރައްގީ ކޮށްގެން ކަމަށާއި، އިރާނުން ނިއުކުލިއަރ ހަތިޔާރު ހޯދުމަށް ކުރަމުންދާ މަސައްކަތް ހުއްޓުވުމަށް ކުރަމުންދާ މަސައްކަތައް ހުޓުވުމަށް ދުނިޔޭގެ ގައުމުތަކުން މިއަށްވުރެ ބޮޑަށް މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.
އަދި މީގެއިތުރުން އޭނާވަނީ، އިރާނުން ނިއުކުލިއަރ ހަތިޔާރު އުފެއްދުމަށް ކުރަމުންދާ މަސައްކަތްތައް ހުއްޓުވުމަށް އިސްރާއީލުން އަމިއްލަގޮތުން ފިޔަވަޅު އެޅުމަށް މަސައްކަތް ކޮށްފާނޭކަމުގެ އިޝާރާތްތައްވެސް ދެއްވާފައެވެ. އަދި މިއީ މީގެކުރިންވެސް އޭނާ ވަނީ އިސްރާއީލުން އަމިއްލަގޮތުން އިރާނާ ދެކޮޅަށް ފިޔަވަޅު އަޅާފާނެކަަށް ވިދާޅުވެފައެވެ.
"އިރާނުނުގެ ނިއުކުލިއަރ ޕްރޮގްރާމް ވަނީ އެންމެ ނާޒުކު ހާލަތާހަމައަށް ދަތުރު ކޮށްފަ، އެހެންކަމުން އަހަރެމެންގެ ކެތްތެރިކަންވެސް ހުންނާނީ ވަކި މިންވަރެއްގައި،" އޭނާ ވިދާޅުވިއެވެ. "ދައްކާ ވާހަކަތަކުން، އެބުރެމުންދާ ސެނެޓްރިފިއުޖުތަކުގެ އެބުރުން ނުހުއްޓުވޭނެ."
އިސްރާއީލުގެ ކުރީގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ 12 އަހަރުވ ވެރިކަން ނިމުމަކަށް ގެނައުމަށްފަހު އިސްރާއީލުގެ ބޮޑުވަޒީރުކަމަށް ވަޑައިގެންނެވި، ކަނާތު ފިޔައިގެ ހައްދު ފަހަނަ އަޅާފައިވާ ސިޔާސަތުތަކަށް ތާއީދު ކުރާ ނަފްތާލީ ބެނެޓް އިސްރާއީލުގެ ބޮޑުވަޒީރުކަމާ ހަވާލުވެ ވަޑައިގެންނެވީ މިއަހަރުގެ ޖޫންމަހުއެވެ. އަދި އޭނާވަނީ، އެމެރިކާއިން އިރާނާމެދު ގެންގުޅެމުން އަންނަ ސިޔާސަތުތައް އިތުރަށް ހަށުކަށިކުރުމަށް ގޮވާލައްވާފައެވެ.
ނަފްތާލީ ބެނެޓްއަކީ، އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ނިމުމަކަށް ގެންނެވި އިރާނުގެ ނިއުކުލިއަރ އެއްބަސްވުން އަލުން މުރާޖައާ ކުރުމަށް ކުރަމުންދާ މަސައްކަތްތަކާ ވަރަށް ބޮޑަށް ދެކޮޅު ހައްދަވާ ބޭފުޅެކެވެ.