ފަސްކުރި އިދިކޮޅުގެ ބޮޑު ޖަލްސާ، އަންނަ ބުރާސްފަތި ދުވަހުގެ ރޭ ބާއްވަނީ

ފަސްކުރި އިދިކޮޅުގެ ބޮޑު ޖަލްސާ، އަންނަ ބުރާސްފަތި ދުވަހުގެ ރޭ ބާއްވަނީ

Author
މުޙައްމަދު ޖިމީ
27 ސެޕްޓެމްބަރ 2021 07:09
0

"މިނިވަންކަމުގެ ދިފާޢުގައި ދިވެހީން" މި ނަމުގައި އިދކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން މިދިޔަ ހުކުރު ދުވަހު ބާއްވަން މަސައްކަތްކުރި ޖަލްސާ އަންނަ ބުރާސްފަތި ދުވަހުގެ ރޭ ބާއްވާގޮތަށް ނިންމައިފިއެވެ.

ކުރިން މިދިޔަ ހުކުރު ދުވަހުގެ ރޭ ބޭއްވުމަށް ނިންމި ޖަލްސާ ފަސްކޮށްފައިވަނީ މޫސުން ގޯސްވުމުގެ ސަބަބުންނެވެ. އަންނަ ބުރާސްފަތި ދުވަހުގެ ރޭ ކާނިވާ ސަރަހައްދުގައި ބޭއްވުމަށް ނިންމާފައިވާ ޖަލްސާއާއި ގުޅޭގޮތުން ޕީޕީއެމް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި، ޕްރޮގްރެސިވް ކޯލިޝަންގެ ހަރަކާތު ކޮމިޓީގެ މުޤައްރިރު އަދި ޕީއެންސީގެ ނައިބުރައީސް އިބްރާހީމް ޝުޖާޢު ވިދާޅުވީ، "މިނިވަންކަމުގެ ދިފާޢުގައި ދިވެހީން" ނަމުގައި ފެށި ހަރަކާތަކީ ރާއްޖޭގެ އިސްތިޤުލާލާއި މިނިވަންކަމާއި އިސްލާމްދީން ނެގެހެއްޓުމަށް ކުރިއަށް ގެންދާ ހަރަކާތްތަކެއްކަމަށެވެ. ޝުޖާޢު ވަނީ ވީހާވެސް ގިނަބަޔަކު އެ ހަރަކާތުގައި ބައިވެރިވުމަށް ގޮވާލައްވާފައެވެ.

އިދިކޮޅު ކޯލިޝަނުން ފެއްސާއި، ރަތާއި، ހުދު ބޭނުންކޮށް ޤައުމީވަންތަ ގޮތަކަށް ޖަލްސާ ބޭއްވުމަށް ކާނިވާ ސަރަހައްދުވެސް ތައްޔާރުކުރިއެވެ. ނަމަވެސް ވިއްސާރަވުމުން އެ ޖަލްސާ ކެންސަލްކުރީއެވެ.

ސަރުކާރުގެ ސިޔާސަތުތަކަށް ފާޑު ވިދާލުވެ އިދިކޮޅުން ބާއްވާ ހަރަކާތުގައި ފަހަކަށް އައިސް ގިނަ ބަޔަކު ދަނީ ބައިވެރިވަމުންނެވެ. އަދި އިދިކޮޅުގެ ހަރަކާތްތައްވެސް ވަނީ ވަރަށް ބޮޑަށް އިތުރުކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ކ ކަދުރު
މިނިވަން ކަމުގެ ޖަލްސާއެއްނޫން ޔާމީނު ދޫކުރަން ގޮވާ ޖަލްސާ ވަރަށްސާފް