ބައި އިލެކްޝަންގައި ވޯޓުލުމަށް ރަޖިސްޓްރީވުމުގެ މުއްދަތު މިރޭ 12:00އާއި ހަމައަށް

ބައި އިލެކްޝަންގައި ވޯޓުލުމަށް ރަޖިސްޓްރީވުމުގެ މުއްދަތު މިރޭ 12:00އާއި ހަމައަށް

Author
މުޙައްމަދު ޖިމީ
27 ސެޕްޓެމްބަރ 2021 06:22
0

ތިން ރަށެއްގައި ބޭއްވުމަށް ނިންމާފައިވާ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ބައި އިލެކްޝަންގައި ވޯޓުލުމަށް ރަޖިސްޓްރީވުމަށް ހުޅުވާލި މުއްދަތު އިތުރުކޮށްފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ، ހދ. ނޭކުރެންދޫ، ނ. ކެނދިކުޅުދޫ އަދި  ރ. މަޑުއްވަރީ ރައްޔިތުންގެ ތެރެއިން ވޯޓުލާން ރަޖިސްޓަރީވެފައިވާ ތަން ނޫން އެހެން ތަނެއްގައި ވޯޓުލުމަށްޓަކައި ރަޖިސްޓަރީވުމަށް އެދި ހުށަހަޅާ ފޯމު ބަލައިގަތުމުގެ ގަޑި މިރޭގެ 12:00 ގެ ނިޔަލަށް އިތުރުކޮށްފައިވާކަމަށެވެ.

.ހދ.ނޭކުރެންދޫގައި އިންތިޚާބު ބާއްވަނީ، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއަށް އިންތިޚާބު ކުރަންޖެހޭ އަދަދަށްވުރެ މަދުން މީހުން ކުރިމަތިލާފައިވާތީއެވެ. އަދި ނ.ކެނދިކުޅުދޫއާއި ރ.މަޑުއްވަރީގައި އިންތިޚާބު ބާއްވަނީ ކޮމިޓިގެ މެންބަރަކު އިސްތިއުފާ ދެއްވާފައިވާތީއެވެ.

މިއިން ކޮންމެ ރަށަކަށްވެސް އިންތިޚާބު ކުރަންޖެހެނީ އެންމެ މެންބަރެކެވެ. އެ ތިން ރަށުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް މެންބަރުން އިންތިޚާބުކުރުމުން ހުރިހާ ރަށެއްގެ އަންހެނުންގެ ތަރައްްޤީއަށް މަސައްކަތްކުރާ ކޮމިޓީއަށް މެންބަރުން އިންތިޚާބުކޮށް ނިމޭނެކަމަށްވެސް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފައެވެ.

އިލެކްޝަންސް ކޮމިޝަނުން ވަނީ އޯގަސްޓް 7 ވަނަ ދުވަހުވެސް 5 ރަށެއްގައި ބައި-އިލެކްޝަން ބާއްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.