ގެއްލުމުން އަރައިގަތުމުގައި އިންޑިއާގެ ފަތުރުވެރިންގެ ދައުރު ބޮޑު: ހައި ކޮމިޝަން

ގެއްލުމުން އަރައިގަތުމުގައި އިންޑިއާގެ ފަތުރުވެރިންގެ ދައުރު ބޮޑު: ހައި ކޮމިޝަން

Author
މުޙައްމަދު ޖިމީ
27 ސެޕްޓެމްބަރ 2021 04:10
0

އިންޑިއާގެ ފަތުރުވެރިން އަންނަނީ ރާއްޖޭގެ ފަތުރުވެރިކަމަށް ކޮވިޑް-19 އިން ލިބުނު ގެއްލުމުނުް އަރައިގަތުމުގައި ބޮޑު ދައުރެއް އަދާކުރަމުންކަމަށް ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަނުން ބުނެފިއެވެ.

މިއަދު ފާހަގަކުރާ ފަތުރުވެރިކަމުގެ ދުވަހުގެ މުނާސަބަތުގައި ތަހުނިޔާ ކިޔަމުން އިންޑިއާ ހައިކޮމިޝަނުން ބުނީ، ރާއްޖެ މިވަނީ ބޮލީވުޑްގައި ކުރިއަށްވުރެ މަޝްހޫރު މަންޒިލަކަށް ވެފައިކަމަށެވެ. އަދި އިންޑިއާގެ ފަތުރުވެރިން އަންނަނީ ރާއްޖޭގެ ފަތުރުވެރިކަމަށް ކޮވިޑް-19 އިން ލިބުނު ގެއްލުމުނުް އަރައިގަތުމުގައި ބޮޑު ދައުރެއް އަދާކުރަމުންކަމަށް ހައިކޮމިޝަނުން ބުންޏެވެ.

އިންޑިއާއަކީ ކޯވިޑުގެ ފަހުން ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަ މާކެޓެވެ. އެގޮތުން މިމަކެޓު މިހާރުވެސް ރާއްޖޭގެ ފަތުރުވެރިކަމުގެ %22.7 ހިއްސާ ކުރެއެވެ. ރާއްޖެއަށް މިއަހަރު މިހާތަނަށް އިންޑިއާގެ އިތުރުން ދުނިޔޭގެ އެކި ކަންކޮޅުތަކުން 830،000 އަށް ވުރެ ގިނަ ފަތުރުވެރިން ވަނީ ޒިޔާރަތް ކޮށްފައެވެ.

ފަތުރުވެރިން ރާއްޖޭގައި ހޭދަކުރާ ރޭގެ އަދަދަށް ބަލާއިރު، މިއަހަރު ފަތުރުވެރިކަން އެންމެ ރަނގަޅު ހާލަތުގައި މިއަދަދު ހުންނާނީ 7.5 މިލިއަންގައި ކަމަށްވަނީ ލަފާކޮށްފައެވެ. އަދި އަންނަ އަހަރު ރާއްޖޭގެ ފަތުރުވެރިކަން އެންމެ ރަނގަޅުވެގެންދާ ހާލަތުގައި ފަތުުރުވެރިން ހޭދަކުރާ ރޭގެ އަދަދު 10 މިލިއަނަށް އަރާނެ ކަމަށްވެސް ވަނީ ލަފާކޮށްފައެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.