ހައިކޯޓުގެ ފަނޑިޔާރު ފަރްހީޒާގެ ސުލޫކީ މައްސަލަ ސާބިތެއްނުވި

ހައިކޯޓުގެ ފަނޑިޔާރު ފަރްހީޒާގެ ސުލޫކީ މައްސަލަ ސާބިތެއްނުވި

Author
މުޙައްމަދު ޝަޒައިމް
26 ސެޕްޓެމްބަރ 2021 12:19
0

ސ.ފޭދޫ މެޖިސްޓްރޭޓް ކޯޓުގެ ކުރީގެ މެޖިސްޓްރޭޓް އަލްއުސްތާޛާ ފާޠިމަތު ފަރުހީޒާއާއި ގުޅޭގޮތުން ޖުޑިޝަލް ސާވިސް ކޮމިޝަނަށް ބެލި މައްސަލަ ސާބިތުނުވާކަމަށް ނިންމައިފިއެވެ.

މީގެ އަށްމަސް ދުވަސް ކުރިން ޖޭއެސްސީއަށް ފަރުހީޒާ އާއި ގުޅޭގޮތުން ހުށަހެޅުނު މައްސަލައަކީ ސ.ފޭދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުނު މައްސަލައަކާ ގުޅިގެން ބޭއްވެވި ޝަރީޢަތުގެ މަޖްލިހެއް ނިމުނީކަމަށް ޢިއުލާންކުރެއްވުމަށްފަހު، މައްސަލައިގައި ހިމެނޭ ޚަސްމަކާ ފަނޑިޔާރު ފާތިމަތު ފަރްހީޒާ ވަކިން ބައްދަލުކުރެއްވި ކަމަށް ބުނާ މައްސަލައެވެ.

އަލްއުސްތާޛާ ފާޠިމަތު ފަރްހީޒާގެ ސުލޫކީ މައްސަލަ، ތަޙްޤީޤްކުރެވި އެމައްސަލަ ސާބިތުނުވާކަމަށް މިމަހުގެ 19 ވަނަ ދުވަހު ބޭއްވި މިކޮމިޝަނުގެ ބައްދަލުވުމުގައި ވަނީ ނިންމާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.