އެމްޑީޕީގެ މެންބަރުންގެ ފިކުރު ނަޝީދަށްވުރެ ބޮޑަށް އަދިވެސް އެނގޭނީ އަޅުގަނޑަށް: އިބުރާ

އެމްޑީޕީގެ މެންބަރުންގެ ފިކުރު ނަޝީދަށްވުރެ ބޮޑަށް އަދިވެސް އެނގޭނީ އަޅުގަނޑަށް: އިބުރާ

Author
މުޙައްމަދު ޖިމީ
26 ސެޕްޓެމްބަރ 2021 10:36
0

ބަރުލަމާނީ އަކީ މިހާރު އެމްޑީޕީ މެންބަރުންގެ ފިކުރެއް ނޫންކަމަށް އެމްޑީޕީގެ ފުރަތަމަ  ރައީސް އަދި އެޕާޓީ އުފެއްދުމުގައި އިސް ދައުރެއް އަދާކުރެއްވި އިބްރާހީމް އިސްމާޢީލް (އިބުރާ) ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ އެތެރޭގެ އެންމެ ބޮޑު އިންތިޚާބު އިއްޔެ ބާއްވާފައިވާއިރު، ރައީސް ނަޝީދު ވަނީ ބަރުލަމާނީއަށް ތާޢީދުކުރާ ކެނޑިޑޭޓުންނަށް ތަޢީދުކުރައްވާކަން ހާމަކުރައްވާފައެވެ. ނަމަވެސް މި އިންތިޚާބުގައި ރައީސް ނަޝިދުގެ ފެކްޝަންގެ މައްޗަށް ކުރި ހޯދީ ރައީސް ޞާލިޙްގެ ފެކްޝަނެވެ.

އެކަމަށް އިޝަރާތްކުރައްވާ އިބުރާ ވިދާޅުވީ، އެމްޑީޕީގެ މެންބަރުންގެ ވިސްނުމާއި ފިކުރު ރައީސް ނަޝީދަށްވުރެ ބޮޑަށް އެނގިވަޑައިގަންނަވަނީ އޭނައަށްކަމަށެވެ. އަދި ބަރުލަމާނީއަކީ މިހާރު އެމްޑީޕީގެ ފިކުރެއް ނޫންކަމަށްވެސް އިބުރާ ވިދާޅުވިއެވެ.

ޝުކުރިއްޔާ އެމްޑީޕީގެ މެންބަރުން. ބަރުލަމާނީއަށް ނޫނެކޭ ބުނެ، ޕާޓީއާއި ޤައުމު ނުރައްކަލުން ނެރެދެއްވީތީ އުފާކުރަން.

އިބްރާހީމް އިސްމާޢީލް

އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި ރައީސް ނަޝީދާއި، ރައީސް ޞާލިހަށް ތާއީދު ކުރައްވާ ކެނޑިޑޭޓުންގެ މެދުގައި ވާދަވެރިކަން ބޮޑުވެ، އެއްބަޔަކު އަނެއްބަޔަކަށް ރައްދު ދީފައިވެއެވެ، އިންތިޚާބުގައި ރައީސް ޞަލިޙަށް ތާޢީދުކުރާ ގިނަ ބަޔަކު ވަނީ އިންތިޚާބު ކާމިޔާބުކޮށްފައެވެ.

މި އިންތިޚާބުގައި ރައީސް ޞާލިހަށް ތާއީދު ކުރާ ކެނޑިޑޭޓުން އިންތިޚާބު ކުރުމަށް ސަރުކާރުގެ ނުފޫޒާއި ބާރު ބޭނުން ކުރިކަމަށް ރައީސް ނަޝީދަށް ތާއީދު ކުރާ އެމްޑީޕީގެ އިސް ބޭފުޅުން ދަނީ ތުހުމަތު ކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.