ކުޅިވަރުގެ ކްލަބްތަކާއި، އެސޯސިއޭޝަންތަކުގެ ގޮވާލުންތަކަށް ސަރުކާރުން އިޖާބަ ދޭންޖެހޭ ކަމުގައި ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ކުޅިވަރު ޤާނޫނަށް ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ހުށަހަޅުއްވާފައިވާ އިސްލާހުތަކާއި ގުޅިގެން ކުޅިވަރުގެ ކްލަބްތަކާއި، އެސޯސިއޭޝަނަތަކުގެ ހުރި ކަންބޮޑުވުންތައް ފާހަގަކޮށް ސައީދު ވިދާޅުވީ ރާއްޖޭގެ ކުޅިވަރުގެ ތެރެއިން އެކި ގޮތްގޮތުން އެމްޑީޕީން ނުފޫޒު ފޯރުވުމަށް ކުރަމުންދާ މަސައްކަތް ހުއްޓާލަންޖެހޭކަމަށެވެ. ކުޅިވަރުގެ ސިޔާސީ ނުފޫޒު ވައްދައި ކްލަބްތަކާއި، އެސޯސިއޭޝަންތަކުން ކުރަމުންދާ މަސައްކަތަށް ހުރަސް އެޅުމަކީ ބަލައި ގަނެވޭނެ ކަމެއްނޫންކަމަށް ސައީދު ވިދާޅުވިއެވެ.
ކުޅިވަރު ޤާނޫނަށް މިހާރު ހުށަހަޅާފައިވާ އިސްލާހުތަކަކީ ރާއްޖޭގެ ކުޅިވަރު ބައިނަލް އަގުވާމީ ކުޅިވަރުތަކުން އެއްފަރާތްތަކުން އެސޯސިއޭޝަންތަކުގައިވެސް އަމިއްލަ ބާރު ހިންގުމަށް ހުށަހަޅާފައިވަ އިސްލާހެއްކަމަށެވެ. އަދި މިއިސްލާހުގެ ސަބަބަބުން ރާއްޖޭގެ ކުޅިވަރުގެ ދާއިރާއަށް ބޮޑެތި ގޮންޖެހުންތަކައި ކުރިމަތިވާނެކަމަށް ސައީދު ވިދާޅުވިއެވެ.
ކުޅިވަރުގެ ތެރެއަށް އެމްޑީޕީ ފޯރުވާ ނުފޫޒު ހުއްޓާލުމަށް އެދި ކުލަބް ތަކާއި އެސޯސިއޭޝަންތަކުން ގޮވާލާ ގޮވާލުންތަކަށް ސަރުކާރު އިޖާބަދޭންޖެހޭ. ބައިނަލް އަޤުވާމީ ކުޅިވަރުތަކުން ރާއްޖެ ބާކީވުމަށް މިބިލް މަގުފަހިކޮށްދޭ.
– މުހައްމަދު ސައީދު
ރައްޔިތުންގެ މަޖިލީހަށް އެމްޑީޕީގެ ޗެއާޕާސަން، ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ހުށަހަޅުއްވާފައިވާ ދިވެހި ކުޅިވަރު ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް އިޝާރާތް ކުރައްވައި މަޖިލިސް ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ އެމްޑީޕީގެ ވިސްނުމަކީ ކުޅިވަރު އެސޯސިއޭޝަންތައް ޑިމޮކްރެޓައިޒްކޮށް ދެފުށް ފެންނަ ގޮތަށް ހިންގެވުން ކަމަށެވެ. އަދި ކުޅިވަރު ވަސީލަތްތައް ދެމެހެއްޓެނިވި ގޮތަކަށް ބެލެހެއްޓޭނެ ނިޒާމެއް އޮތުން ބޭނުންތެރި ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ހަސަން ލަތީފް ހުށައެޅުއްވި އިސްލާހުތަކަށް އިޝާރާތް ކުރައްވާ ޔޫތު މިނިސްޓަރ އަހުމަދު މަހުލޫފް ވިދާޅުވީ ރައީސް ސޯލިހުގެ މެނިފެސްޓޯއާ އެއްގޮތަށް ކުޅިވަރު ސިޔާސީ ނުކޮށް ދަނީ ކުރިއަށް ކަމަށެވެ. އެސޯސިއޭޝަންތަކުގެ އިންތިހާބުތައް ހިނގަނީ ޑިމޮކްރެޓިކްކޮށް ރާއްޖޭގެ ގާނޫނުތަކާއި އިންޓަނޭޝަނަލް ފެޑެރޭޝަންތަކުގެ ގަވާއިދުތަކާ ވެސް އެއްގޮތަށް ކަމަށެވެ.
ނަމަވެސް ހަސަން ލަތީފްގެ އިސްލާހުތަކުގައި އެ އުސޫލުތަކާއި ފުށުއަރާ ކަންތައްތަކެއް އެބަހުރި ކަމަށް އިޝާރާތް ކުރައްވާ އެފަދަ އިސްލާހުތަކުގެ ސަބަބުން ރާއްޖެ ގިނަ ކުޅިވަރުތަކުން ސަސްޕެންޑް ކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ