ތިމާވެއްޓަށް އަސަރުފޯރާ މިންވަރުބަލާ ރިޕޯޓް (އީއައިއޭ) ތައްޔާރުނުކޮށް، ގދ.ނަޑެއްލާ އައު އިންޖީނުގެ އެޅުމުގެ މަޝްރޫޢެއްގެ ޢަމަލީ މަސައްކަތް ފެށުމާއި ގުޅިގެން ފެނަކަ ކޯޕަރޭޝަން ބޮޑު އަދަދަކުން ޖޫރިމަނާކޮށްފިއެވެ.
ފެނަކަ ޖޫރިމަނާކުރީ "ތިމާވެއްޓަށް އަސަރުފޯރާ މިންވަރު ބަޔާންކުރާ ރިޕޯޓް ހެދުމާއި ބެހޭ ޤަވާއިދު"ގައިވާ، ގޮތަށް މަސައްކަތް ފެށުމުގެ ކުރިން އިޕީއޭއިން ނަގަންޖެހޭ ހުންދަތައް ނުނަގައި ގދ.ނޑެއްލާ އިންޖީނުގެ އެޅުމުގެ މަސައްކަތް ފެށުމާ ގުޅިގެންނެވެ. މިމަސައްކަތް ފެނަކައިން ފަށާފައިވަނީ ނަގަންޖެހޭ ހުއްދަތައް ނުނަގާކަން ފެނަކައިން ވަނީ އީޕީއޭގައި ވިދާޅުވެފައެވެ.
އެހެންކަމުން މިކަމަށް ބަދަލުހޯދުމުގެ ގޮތުން ފެނަކަވަނީ 263،750 (ދެ ލައްކަ ފަސްދޮޅަސް ތިންހާސް ހަތް ސަތޭކަ ފަންސާސް" ރުފިޔާއިން ޖޫރިމަނާކޮށްފައެވެ. އަދި ޖޫރިމަނާ ފައިސާ 30 ދުވަހުގެތެރޭގައި އީޕީއޭއަށް ދެއްކުމަށްވަނީ އަންގާފައެވެ. ގދ.ނަޑެއްލާ އައު އިންޖީނުގެ އެޅުމުގެ މަސައްކަތަކީ އެރަށުގައި މިހާރު ހުރި އިންޖީނުގެ، މީހުން ދިރިނޫޅޭ ސަރަޙައްދަކަށް ބަދަލުކުރުމަށް ފަށާފައިވާ މަޝްރޫޢުކެވެ. މި މަޝްރޫޢުގެ %45 މަސައްކަތް މިހާރުވަނީ ނިމިފައެވެ.
ޤަވާއިދާ ޚިލާފަށް ހުއްދަތައް ނެގުމާއި ނުލައި މަސައްކަތް ފެށުމާއިގުޅިގެން ފެނަކަ ކޯޕަރޭޝަންވަނީ އެތައްފަހަރެއްގެ މަތިން ޖޫރިމަނާކޮށްފައެވެ. އީޕީއޭއިން ވިދާޅުވީ މިއީ މިދިޔަ 8 އަހަރުތެރޭގައި ފެނަކަ ޖޫރިމަނާކުރި 6 ވަނަ ފަހަރުކަމަށެވެ.
ކޮމެންޓު ފޮނުވާ