އެމްޑީޕީ ޤައުމީ މަޖިލީހުގެ އިންތިޚާބުގައި މާލެ ސިޓީގެ ކުރީގެ މޭޔަރު ސިފާ މުޙައްމަދަށް އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު އާއިލާއިން ތާޢީދުކުރަން ނިންމެވީތީ އެކަމަށް ސިފާ ޝުކުރު ދަންނަވައިފިއެވެ.
ރައީސް ނަޝީދުގެ ގެކޮޅުކަމަށްވާ ގ.ކެނެރީގެއަށް ޒިޔާރަތްކުރައްވާ ރައީސް ނަޝީދުގެ މަންމާފުޅާއި ބައްޕާފުޅާއި ބައްދަލުކުރައްވާ ސިފާ ވަނީ އެ އާއިލާގެ ފަރާތުން ދެއްވާ ހިތްވަރާއި އެހީތެރިކަމަށް ޝުކުރު އަދާކުރައްވާފައެވެ.
Canareege aailaage faraathun alhugadah libey hihvarah shukurudhannavan . #Govoteshifa @MohamedNasheed.@nazimsat @i_nashid @evattey @Nashsat pic.twitter.com/1pqlSsbsNr
— Shifa Mohammed??? (@SifaMohammed) September 23, 2021
އެމްޑީޕީ ޤައުމީ މަޖިލީހުގެ އިންތިޚާބުގައި ސިފާ ވާދަކުރައްވަނީ މާލެ ސިޓީގެ ދާއިރާގެ ރައީސްކަމަށެވެ. ސިފާއާއި ދެން ވާދަކުރައްވަނީ މިހާރުވެސް އެދާއިރާގެ ރައީސްކަން ކުރައްވާ ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަކްރަމް ކަމާލުއްދީންއެވެ.
އެމްޑީޕީގެ އެތެރޭގެ އެންމެ ވާދަވެރި އަދި ބޮޑު އިންތިޚާބުގެ ކެމްޕެއިން ދަނީ ވަރަށް ފޯރީގައެވެ. އެ އިންތިޚާބު އޮންނާނީ އަންނަ ހޮނިހިރު ދުވަހުއެވެ.
ކޮމެންޓު ފޮނުވާ