ކޮންޓްރެކްޓް އާ ކުރުމުގެ ފުރަތަމަ މަޝްވަރާތައް ނާކާމިޔާބު

ކޮންޓްރެކްޓް އާ ކުރުމުގެ ފުރަތަމަ މަޝްވަރާތައް ނާކާމިޔާބު

ގުޅުންހުރި

ޕީއެސްޖީގެ ފޯވަޑް ކިލިޔަން އެމްބާޕޭގެ ކޮންޓްރެކްޓް އާ ކުރުމުގެ ވާހަކަތަކުގެ ފުރަތަމަ މަޝްވަރާތައް ނާކާމިޔާބު ވެއްޖެ އެވެ.

ފްރާންސްގެ މީޑިޔާތަކުން ބުނެފަވާގޮތުގައި އެމްބާޕޭގެ ކޮންޓްރެކްޓް އާ ކުރުމާ ގުޅޭ ގޮތުން ކުލަބާއި އެމްބާޕޭ އާ ދެމެދު ފުރތަމަ މަރުހަލާގެ ވާހަކަތައް ކުރިއަށް ގެންގޮސްފައިވާ ކަމަަށެވެ. ދެ ފަރާތުގައި ހުރި ހިޔާލު  ތަފާތުވުންތަކުގެ ސަަބުން މަޝްވަރާތައް ކާމިޔާބު ނޫންކަމަށްވެސް ފްރާންސްގެ މީޑިޔާތަކުން ވަނީ ރިޕޯޓްކޮއްފައެވެ.

މަޝްވަރާތަކުގެ ފުރަތަމަ މަރުހަލާގައި ކުރިއެރުމެއް ނުލިބުމުން، އެމްބާޕޭގެ ކޮންޓްރެކްޓް އާ ކުރުމާމެދު ގޮތެއް ނުނިމެ ކުޅުންތެރިޔާ ކުލަބު ބަދަލުކުރުމުގެ ފުރުސަތު ބޮޑެވެ. މޮނޮކޯއިން 2017 ވަނަ އަހަރު ޕެރިހަށް ބަދަލުވި، ފްރާންސްގެ ޒުވާން ފޯވަޑްގެ ކޮންޓްރެކްޓް ޕީއެސްޖީއާއެކު ހަމަވާނީ ޖޫން 2022 ގަ އެވެ. އޭނާގެ ކޮންޓްރެކްޓްގައި ބާކީ އޮތީ އެއް ސީޒަނެވެ.

އޭނާ ހޯދުމަށް އެންމެ ބޮޑަށް މަސައްކަތެއް ކުރަނީ ލިވަޕޫލާއި ރެއާލް މެޑްރިޑެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *