ކަރިޝްމާ ޕާޓީ މޯލްޑިވްސްގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމަށް އެދި ހުށައެޅި ހުށައެޅުމަށް ހުއްދަ ނުދިނުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.
"ކަރިޝްމާ ޕާރޓީ މޯލްޑިވްސް" ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދައަށް އެދިފައިވަނީ މ.ކެލަން، މުޙައްމަދު އިސްމާޢީލްއެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ ކަރިޝްމާ ޕާޓީ މޯލްޑިވްސްގެ ނަމުގައި ޕާޓީއެއް އުފެއްދުމުގެ ހުއްދަ ނުދެއްވީ ދެ ސަބަބަކާއި ގުޅިގެންކެމަަށެވެ. އެއީފޯމާއެކު އެ ފަރާތުން ހުށަހަޅާފައިވާ ލިޔެކިޔުން ފުރިހަމަނުވާތީ އާއި، އެ ފަރާތުން ހުށަހަޅާފައިވާ ނަމަކީ، ސިޔާސީ ޕާޓީއަކަށް ކިޔަން އެކަށީގެންވާ ނަމެއްނޫންކަމަށް، 06 ޖަނަވަރީ 2019 ގައި އެކޮމިޝަނުން ނިންމާފައިވާތީކަމަށް އިލެކްޝަންސް ކޮމިޝަނުން ބުންޏެވެ.
"ކަރިޝްމާ ޕާރޓީ މޯލްޑިވްސް" ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދައަށް އެދި މ.ކެލަން، މުޙައްމަދު އިސްމާޢީލް ހުށަހެޅި ހުށަހެޅުމަށް ހުއްދަ ނުދިނުމަށް ކޮމިޝަނުން މިއަދު ނިންމައިފި 1/2
— Elections Commission (@ElectionsMv) September 22, 2021
ހުއްދަ ނުދިނުމަށް ނިންމި ސަބަބަކީ، ފޯމާއެކު އެ ފަރާތުން ހުށަހަޅާފައިވާ ލިޔެކިޔުން ފުރިހަމަނުވާތީ އާއި އެ ފަރާތުން ހުށަހަޅާފައިވާ ނަމަކީ، ސިޔާސީ ޕާޓީއަކަށް ކިޔަން އެކަށީގެންވާ ނަމެއްނޫންކަމަށް، 06 ޖަނަވަރީ 2019 ގައި މި ކޮމިޝަނުންނިންމާފައިވާތީ 2/2
— Elections Commission (@ElectionsMv) September 22, 2021
"ކަރިޝްމާ ޕާޓީ މޯލްޑިވްސް"ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދައަށް އެދި އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅީ 2019 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައެވެ.
ކޮމެންޓު ފޮނުވާ