މަތިވެރީގެ އެންމެ މުއްސަދި މީހަކީ އަޅުގަނޑު، ހަމަލާދީ އައިސިސް ބަޔަކު: ޖާބިރު

މަތިވެރީގެ އެންމެ މުއްސަދި މީހަކީ އަޅުގަނޑު، ހަމަލާދީ އައިސިސް ބަޔަކު: ޖާބިރު

Author
މުޙައްމަދު ޝަޒައިމް
22 ސެޕްޓެމްބަރ 2021 10:57
0

މަތިވެރީގެ އެންމެ މުއްސަދި މީހަކީ ކާށިދޫ ދާއިރާގެ މެމްބަރު ޖާބިރު ކަމަށާއި، އެރަށަށް އެރުމުން ހަމަލާދީ ހެދީ އައިއެސްއައިއެސްއަށް ނިސްބަތްވާ ބަޔަކު ކަމަށް ޖާބިރު ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަހަކަ ދައްކަވަމުން ޖާބިރު ވިދާޅުވީ މަތިވެރިއަކީ ވަރަށް ކުޑަ އާބާދީއެއް އޮންނަ ރަށެއް ކަން އެރަށުގެ ރައްޔިތުން ގަބޫލުކުރަން ޖެހޭ ކަމަށެވެ. އަދި އެ ރަށުގެ އެންމެ މުއްސަނދި މީހަކީ ވެސް ހުދުއޭނާ ކަމަށެވެ. އޭނާ ވިދާޅުވީ މަތިވެރިން ހަމަލާދިނީ އައިސިސްއަށް ނިސްބަތްވާ ބަޔަކު ކަމަށެވެ.

މަތިވެރީގައި އެބަތިބި އައިސިސް މީހުން. ހައްޔަރުކުރުމަށް ފުލުހުން ހަރަކާތްތެރިވަމުން ދަނީ. މިވަގުތު ރާއްޖޭގެ އެއްވެސް މީހަކު މަތިވެރިއަށް ދިއުން ރަނގަޅެއް ނޫން.

– ޖާބިރު ވިދާޅުވިއެވެ.

މަތިވެރިއަށް ޖާބިރުވަނީ އިއްޔެ ހަވީރު އަރަން މަސައްކަތް ކޮށްފައެވެ. އޭނާ ރަށަށް އަރަން މަސައްކަތް ކޮށްފައިވަނީ އެރަށުގެ ރައްޔިތުންނަށާއި، ކައުންސިލް ބައެއް މެމްބަރުންނަށް އިންޒާރުދީ ހެދުމަށްފަހުއެވެ. ޖާބިރުގެ އިންޒާރުތަކާއި ގުޅިގެން އޭނާއަށް މަތިވެރިއަށް އެރުނަ ނުދިނުމަށް ރައްޔިތުން ވަނީ މަސައްކަތް ކޮށްފައެވެ.

ރައްޔިތުން ހުރަސް އެޅުމުން ޖާބިރު އިންނަން ޖެހުނީ ފުލުހުންގެ ހިމާޔަތުގައެވެ. ޖާބިރުވަނީ ހަޑިހުތުރު ބަހުން ރައްޔިތުންނާއި މުޚާތަބުކޮށް އިންޒާރުދީ ހަދާފައެވެ. މިކަމާއި ގުޅިގެން މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގައި މަތިވެރި ދާއިރާގެ މެމްބަރު ވިދާޅުވީ މަތިވެރީގެ ރައްޔިތުންނާއި ދިމާލަށް ހަޑިހުތުރު ބަހުން ވާހަކަ ދައްކައި، މަތިވެރީގެ އެތައް ރައްޔިތުންނަކަށް ދޭންޖެހޭ ފައިސާ ނުދީ އޮތް މައްސަލައަކީ ބަލެންޖެހޭ މައްސަލައެއްކަމަށެވެ.

މަތިވެރީގެ އެންމެ ރީތި ސަރަހައްދުން ގެސްޓު ހައުސް ހިންގަން ޖާބިރުގެ ކުންފުންޏަށް ދީފައިވާއިރު، އެތަނުގެ ކުލި އެތައް ދުވަހަކު ނުދައްކައި، ރައްޔިތުންނަށް ބޮޑެތި ގެއްލުންތަކެއް ލިބޭއިރު މިކަން ކަމައިބެހޭ ފަރާތްތަކުން ނުބަލައި އޮތުމަކީ ކަންބޮޑުވުކަމެއްކަމަށެވެ. އޭނާ ވަނީ މިކަން ތަހުގީގްކޮށް މަތިވެރީ ރައްޔިތުންނަށް އިންސާފު ގާއިމްކޮށް ދިނުމަށް ކަމާއިބެހޭ ފަރާތްތަކަށް ގޮވާލާފައެވެ.

މަތިވެރިން މައުލޫމާތު ދިން މީހަކު ބުނީ ޖާބިރު މަތިވެރިއަށް ދިއުމުން ނުރުހުން ފާޅު ކުރީ މަތިވެރީ ކައުންސިލަށް ދައްކަންޖެހޭ 4.7 މިލިޔަނެއްހާ ރުފިޔާ ކައުންސިލަށް ނުދައްކާ އޮތުމުންނާއި، ރައްޔިތުންނަށް ބިރު ދައްކައި އިންޒާރު ދެމުންދާތީ ކަމަށެވެ. އަދި އޭނާ ވަނީ ރަށަށް އެރުމަށްފަހުވެސް ވަރަށް ބޮޑަށް މަސްލަހަތު ގެއްލޭގޮތުން އެއްވި މީހުންނަށްވެސް އިންޒާރުދީ ހަދާފައިކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.