މަތިވެރީ ރައްޔިތުން ޖާބިރު އާއި ދެކޮޅަށް ނިކުތުމުން، ފުލުހުންގެ ހިމާޔަތަށް!

މަތިވެރީ ރައްޔިތުން ޖާބިރު އާއި ދެކޮޅަށް ނިކުތުމުން، ފުލުހުންގެ ހިމާޔަތަށް!

Author
މުޙައްމަދު ޝަޒައިމް
21 ސެޕްޓެމްބަރ 2021 07:18
0

މަތިވެރީގެ ގިނަ އަދަދެއްގެ ރައްޔިތުން ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު އެރަށަށް ދިއުމުން ނުރުހުން ފާޅުކޮށް އޭނާ ރަށަށް އަރަން ދެކޮޅު ހެދުމުން ފުލުހުންގެ ހިމާޔަތް ހޯދައިފިއެވެ.

މަތިވެރިން މައުލޫމާތު ދިން ގޮތުގައި ޖާބިރު މަތިވެރިއަށް ދިއުމުން ނުރުހުން ފާޅު ކުރީ މަތިވެރީ ކައުންސިލަށް ދައްކަންޖެހޭ 4.7 މިލިޔަނެއްހާ ރުފިޔާ ކައުންސިލަށް ނުދައްކާ އޮތުމުންނާއި، ރައްޔިތުންނަށް ބިރު ދައްކައި އިންޒާރު ދެމުންދާތީ ކަމަށެވެ.

ޖާބިރު ވަނީ އަޅުގަނޑުމެންނަށް މަރުގެ އިންޒާރުދީ ހަދާފަ. ކައުންސިލް މެމްބަރުން މަރާލާނެކަމަށްބުނެ އިންޒާރުދީފައި އެބަހުރި. ރަށު ކައުންސިލަށް ދައްކަންޖެހޭ ލާރި ނުދައްކާ އެބަހުރި. މިވަރުގެ މީހަކަށް ރަށަށް އެރިގެން ނުވާނެ.

– މަތިވެރިން މައުލޫމާތު ދިން މީހަކު ބުނެފައިވެއެވެ.

މަތިވެރީގައި ޖާބިރުގެ ގެސްޓް ހައުސްއެއް އިދެއެވެ. ނަމަވެސް އެތަން ނުހިންގި ކައުންސިލަށް ދައްކަންޖެހޭ ލާރިވެސް ޖާބިރު ދައްކާފައި ނުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.