ސިޓީ އަންނަނީ ހަމައަކަށް އެޅެމުން: ގާޑިޔޯލާ

ސިޓީ އަންނަނީ ހަމައަކަށް އެޅެމުން: ގާޑިޔޯލާ

Author
އިބްރާހީމް ސާޢިދު
29 އޮކްޓޯބަރ 2020 08:12
0

އިނގިރޭސިވިލާތުގެ މެންޗެސްޓަރ ސިޓީ މިހާރު އަންނަނީ ހަމައަކަށް އެޅުމުން ކަމަށް އެޓީމުގެ ކޯޗު ޕެޕް ގާޑިޔޯލާ ބުނެފިއެވެ.

ޗެމްޕިއަންސް ލީގު ފުޓްބޯޅަ މުބާރާތުގައި ފްރާންސްގެ އޮލިންޕިކް މާސޭގެ މައްޗަށް 3-0 ލަނޑުން ކުރި ހޯދި މެޗަށްފަހު ވާހަކަދައްކަމުން ގާޑިޔޯލާ ބުނީ ބައެއް ފަހަރު ސިޓީ އަށް މެޗުތަކުގައި އެންމެ ރަނގަޅު ކުޅުން ނުދެއްކިދާކަމަށެވެ. އަދި ބައެއް މެޗުތަކުގައި އިދިކޮޅަށް ނުކުންނަ ޓީމު މާމޮޅަށް ކުޅޭކަމަށެވެ. ޓީމުގައި ހިމެނޭ މުހިންމު ކުޅުންތެރިން އެނބުރި އައުމާއެކު ޓީމު މިހާރު ހަމަޔަކަށް އެޅެމުންދާ ކަމަށް ގާޑިޔޯލާ ބުނެފައިވެއެވެ. އޭނާ ބުނީ ޓީމު ހަމަޔަކަށް އަޅުވަން ކުރަންޖެހޭ ކަންތައްތައް ކުޅުންތެރިންނަށް ވަރަށް ރަނގަޅަށް އެނގޭކަމަށެވެ.

ކުޅުންތެރިން ވިސްނަންޖެހޭ މިކުރެވެނީ ކީތްކަން، ފުރަތަމަ ދެމެޗުން މޮޅުވުމަކީ ހަގީގަތުގަވެސް ރަނގަޅު ނަތީޖާއެއް، މިއީ އަދި ފެށުމެއް.

– ގާޑިޔޯލާ

ގާޑިޔޯލާ ބުނީ ޗެމްޕިއަންސް ލީގުގެ ފުރަތަމަ ދެމެޗުން މޮޅެއް ލިބުމަކީ ލިބުނު ހިތްހަމަޖެހުމެއްކަމަށާއި ސީޓީ ދަނީ މުބާރާތުގެ ނޮކައުޓަ ބުރާ ގާތައް ޖެހުމުންކަމަށެވެ. ގާޑިޔޯލާ ބުނީ މީއަދި ފެށުމެއް ކަމަށާއި ސިޓީއަންނަނީ ކުރިއެރުން ހޯދަމުން ކަމަށެވެ. ދެމެޗުން ހޯދި މޮޅާއެކު މިވަގުތު ގުރޫޕް ލީޑްކުރަމުންދަނީ މެންޗެސްޓަރ ސިޓީއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.