ޗެމްޕިއަންސް ލީގް ފުޓްބޯޅަ މުބާރާތުގައި ޔުކްރެއިނުގެ ޝަހުތަރު ޑޮނެސްކާ ވާދަކޮށް ލަނޑެއް ނުޖެހި އެއްވަރުވުމަކީ ހައްގު ނަތީޖާ އެއް ނޫންކަމަށް އިންޓަމިލާންގެ ކޯޗު އޮންޓޯނިޔޯ ކޮންޓޭ ބުނެފިއެވެ.
މެޗަށްފަހު ވާހަދައްކަމުން ކޮންޓޭ ބުނީ އިންޓަމިލާނަށް މެޗުން މޮޅެއް ހައްގުކަމަށެވެ. އޭނާ ބުނީ މެޗުގައި އިންޓަމިލާނުން ލަނޑުޖަހަން ކިތަންމެ ފުރުސަތެއް ހޯދިކަމަށާއި މިނަތީޖާއަން މާޔޫސްކަން ގެނުވާކަމަށެވެ.
ނަތީޖާ މެދު ހިތްހަމަނުޖެހޭ، ވަރަށް ގިނަ ފުރުސަތުތައް އަހަރަމެންނަށް ނަގާލެވުނު، މިޓީމަކީ ބަލިކުރަން އުނދަގޫ ޓީމެއް.
– ކޮންޓޭ
ކޮންޓޭ ބުނީ ޝަހުތަރަކީ ބަލިކުރަން ވަރަށް އުނދަގޫ ޓީމެއް ކަމަށާއި ރެއާލްމެޑްރިޑުން އެކަން ނުކުރެވުނު އިރު އަދި އިންޓަމިލާނަށް އެކަން ކުރަން މާއުދަނގޫވާނެކަމަށެވެ. ބޯޅަހިފަހައްޓައިގެން ނުކުޅެވުނަސް އިންޓަމިލާނުން މިކަހަލަ މެޗުތަކުގައި މޮޅަށް ކުޅޭކަމަށް ކޮންޓޭ ބުނެފައިވެއެވެ.
މެޗުގައި ދިމާވި އެންމެ ބޮޑު މައްސަލައަކީ އިންޓަމިލާނުން އެޓާކަށް އަރަމުން ޝަހްތަރުގެ ކައުންޓްއެޓޭކްތައް ސަމާލުކަން ދޭންޖެހުމުން ކަމަށެވެ. ހުސްވި ސީޒަނުގައި އިންޓަމިލާންއެކު ޔުރަޕާލީގުގެ ފައިނަލުގައި ވާދަކުރި ކޯޗު ބުނީ ޝަހްތަރުން ދެއްކި ކުޅުމަށް މަރުހަބާ ކިޔާ ކަމަށެވެ. މެޗުން ހޯދި ޕޮއިންޓާއެކު އިންޓަމިލާން ގުރޫޕްގައި ތިންވަނައިގަ އޮތީ 2 ޕޮއިންޓާއެކުއެވެ.