ބިގް ބޮސް 15 އަންނަ މަހު 2 ގައި ދައްކަން ފަށަނީ

ބިގް ބޮސް 15 އަންނަ މަހު 2 ގައި ދައްކަން ފަށަނީ

Author
ފާތިމަތު ނާވީ
23 ސެޕްޓެމްބަރ 2021 04:22
0

ކަލާސް ޓީވީގެ ރިއަލިޓީ ޝޯވް "ބިގް ބޮސް"ގެ 15 ވަނަ ސީޒަން އަންނަ މަހުގެ 2 ވަނަ ދުވަހު އެ ޗެނަލުން ޕްރިމިއާ ކުރާގޮތަށް ނިންމައިފިއެވެ.

މިހާތަނަށް ޝޯގެ ތަފާތު ޕްރޮމޯތައް އަންނަނީ ދައްކަމުންނެވެ. މި ޝޯގެ ރަސްމީ ހޯސްޓް، ސުޕަސްޓަރ ސަލްމާން ޚާން މިހާރު އަންނަނީ އޭނާގެ ކުރިއަށް އޮތް ފިލްމް "ޓައިގާ"ގެ ޝޫޓިންގ ޔޫރަޕުގައި ނަގަމުންނެވެ.

"ބިގް ބޮސް"ގެ މި ސީޒަން މުޅިން ތަފާތު ގޮތަކަށް ގެނެސްދޭއިރު "ބިގް ބޮސް ވޫޓް"ގެ ނަމުގައި ކަލާސްގެ ސްޓްރީމިން ޕްލެޓްފޯމް ވޫޓް އިން ޝޯވް ގެ ބައެއް ވަނީ ގެނެސްދީފައެވެ.

ވޫޓް އިން ގެނެސްދިން އެބައިތައް ހޯސްޓް ކޮށްފައިވަނީ ޕްރޮޑިއުސަރ/ ޑައިރެކްޓަރު ކަރަން ޖޯހަރުއެވެ. މި ޝޯވް ހޮނިހިރު ދުވަހު ނިންމާލި އިރު މި ޝޯވް ކާމިޔާބު ކޮށްފައިވަނީ ދިވްޔާ އަގަރްވާލެއެވެ.

 

View this post on Instagram

 

A post shared by Voot (@voot)

"ބިގް ބޮސް"ގެ ގިނަ ޕްރޮމޯތަކެއް ދަައްކާފައިވާ އިރު މި ޝޯވް ފެށުމަށް ހަމަޖެހިފައިވަނީ އޮކްޓޫބަރު މަހުގެ 2 ވަނަ ދުވަހުއެވެ. ޝޯވް ޕްރިމިއާކުރާނީ އެރޭ ރާއްޖެ ގަޑިން 9:00 ގައިއެވެ.

 

View this post on Instagram

 

A post shared by ColorsTV (@colorstv)

ރިޕޯޓްތައް ބުނާގޮތުގައި "ބިގް ބޮސް" ގެ ގެއިން "ބިގް ބޮސް ވޫޓް"ގެ ތަރިންގެ އިތުރުން މަޝްހޫރު އެހެން ތަރިންވެސް ފެނިގެން ދާނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ސ ސަމާލު
"ބިގް ބޮސް ވޫޓް"ގެ ތަރިންގެ އިތުރުން މަޝްހޫރު އެހެން ތަރިންވެސް ފެނިގެން ދާނެއެވެ." ރަގަޅު ގޮތަކީ ބިގްބޮސް އޯޓީޓީ 15ގެ ބައެއް ތަރިންވެސް ބިގްބޮސް 15އިން ފެންނާނެކަން .އޯޓީޓީގެ ހުރިހާ ތަރިންނެއް ނުފެންނާނެ.