ލިބުނު މާލީ ގެއްލުމުގެ ބަދަލު ދެވެން ނެތް ކަމަށް އޭފްސީން އަންގައިފި

ލިބުނު މާލީ ގެއްލުމުގެ ބަދަލު ދެވެން ނެތް ކަމަށް އޭފްސީން އަންގައިފި

ގުޅުންހުރި

ކޯވިޑް-19 ގެ ސަބަބުން މި އަހަރުގެ އޭއެފްސީ ކަޕް ކެންސަލް ކުރުމުން، ލިބުނު މާލީ ގެއްލުމުގެ ބަދަލު ހޯދަން ޓީމުތަކުން އޭއެފްސީގައި އެދުނު އެދުން ފުރިހަމަކޮށްދެވެން ނެތް ކަމަށް އެ އިދާރާ އިން ބުނެފި އެވެ.

އެފްއޭއެމްއިން ހާމަކުރި ގޮތުގައި ރާއްޖޭގެ ޓީސީ އާއި މާޒިޔާ އޭއެފްސީ އަށް ފޮނުވި ސިޓީގެ ޖަވާބު ލިބިފައިވާ ކަމަށާއި މި ވަގުތު މާލީ ބަދަލެއް ދެވެން ނެތް ކަމަށް އޭއެފްސީން އެ ސިޓީގައި ބުނެފައިވާ ކަމަށެވެ.

އޭއެފްސީ ކަޕް ކެންސަލްކުރުމާ މި ސަރަހައްދުގެ ކްލަބްތަކަށް ބަލާއިރު އޭއެފްސީ ކަޕަށް ތައްޔާރުވި ރާއްޖޭގެ  މާޒިޔާ އާއި ޓީސީގެ އިތުރުން ބަންގްލަދޭޝްގެ ބަޝުންދުރާ ކިންގްސްއަށް ވަނީ މާލީގޮތުން ބޮޑު ގެއްލުމަކާ ކުރިމަތިލާންޖެހިފައެވެ. އޭއެފްސީ ކަޕް ކެންސަލްކުރިއިރު ޓީސީން އޮތީ އެ ޓީމުން ދިޔައީ ޓީމުއެކުލަވާލުމުގެ މަސައްކަތް ކުރުުމުގެ އިތުރަށް ތަމްރީންތައް ފެށުމަށް ތައްޔާރުވަމުންނެވެ. މާޒިޔާ އިން ދިޔައީ ޓީމު ވަރުގަދަކޮށް ތަމްރީން ވެސް ކުރަމުންނެވެ. ބަޝަންދުރަށް ވަނީ ޓީމަށް ގެނައި ބިދޭސީ ކުޅުންތެރިން ޓީމާވެސް ގުޅިފައެވެ. މާޒިޔާ އިން ވަނީ އޭރު އޭއެފްސީ ކަޕަށް އަމާޒުކޮށް ބިދޭސީ ކުޅުންތެރިންނާ އެކު ކޮންޓްރެކްޓް ވެސް ހަދައިފަ އެވެ.

ރާއްޖެ ހިމެނޭ ދެކުނު އޭޝިއާގެ ގްރޫޕް ކަމަށްވާ ގްރޫޕް އީގެ މެޗުތައް މި މަހު 23 އިން އަންނަ މަހު ހަތަރަކަށް މާލޭގައި ކުޅޭ ގޮތަށް ހަމަޖެހުނެވެ. އެކަމަކު މިދިޔަ މަހުގެ 13 ވަނަ ދުވަހު އޭއެފްސީގެ ހިންގާ ކޮމިޓީގެ ބައްދަލުވުމުގައި ނިންމީ މުބާރާތް ކެންސަލްކުރާށެވެ.

މި އަހަރުގެ އޭއެފްސީ ކަޕް ކެންސަލްކުރުމުން ބަދަލު ހޯދަން ސިޓީ ފޮނުވި ކްލަބްތަކުގެ ތެރޭގައި ރާއްޖޭގެ މާޒިޔާ އާއި ޓީސީގެ އިތުރުން ބަންގްލަދޭޝްގެ ޗެމްޕިއަން ބަޝުންދުރާ ހިމެނެ އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *