ފްރާންސާއިކު ވިޔަފާރީގެ ގުޅުން ކަނޑާލައި، އުފެއްދުންތައް ބޮއިކޮޓްކުރުމަށް 34 މަޖްއިއްޔާއަކުން ގޮވާލައިފި

ފްރާންސާއިކު ވިޔަފާރީގެ ގުޅުން ކަނޑާލައި، އުފެއްދުންތައް ބޮއިކޮޓްކުރުމަށް 34 މަޖްއިއްޔާއަކުން ގޮވާލައިފި

Author
މުޙައްމަދު ޝަޒައިމް
29 އޮކްޓޯބަރ 2020 04:19
0

މާތް ނަބިއްޔާއަށް ފަރަންސޭސި ވިލާތުގެ ރައީސް ފުރައްސާރަކޮށްފައިވަ މައްސަލާގައި ފްރާންސުގެ އުފެއްދުންތައް ބޮއިކޮޓްކުރުމަށް ރާއްޖޭގެ 34 ޖަމްއިއްޔާއަކުން ސަރުކާރަށް ގޮވާލައިފިއެވެ.

ރާއްޖޭގެ34 ޖަމްއިއްޔައަކުން ގުޅިގެން ނެރުނު މިބަޔާނުގައި ވަނީ ފަރަންސޭސިވިލާތް ނުވަތަ ފްރާންސުގެ ސަރުކާރުން ހިންގާފައިވާ ލާދީނީ ގޮތެއްފޮތެއް ނެތް ނާތަހުޒީބު އެ ޢަމަލު ކުށްވެރިކުރުމަށް  އަޅުގަނޑުމެން އަވަސްވެ ގަންނަންޖެހޭކަމަށެވެ. އަދި އެޤައުމުގެ އުފެއްދުންތައް ބޮއިކޮޓުކޮށް، އެޤައުމުން އެ ޢަމަލުތައް ހުއްޓާލައި، މުސްލިމުންގެ ކިބައިން މާޢާފަށް އެދެފުމަށްދާންދެން އެމީހުންނާއެކު ސިޔާސީ އަދި ވިޔަފާރީގެ އެއްވެސް ގުޅުމެއް ނުބޭއްވުމަށް ދިވެހި ސަރުކާރަށް ގޮވާލަނީ ދިވެހި ހުރިހާ މުސްލިމުންގެ ނަމުގައިކަމަށެވެ. އަދި މި ގޮވާލުމަށް ސަރުކާރުން އިޖާބަނުދިންނަމަވެސް ކޮންމެ ދިވެއްސަކުވެސް އަމިއްލަ ފަރުދީ ޒިންމާގެ ގޮތުން ފުރާންސުގެ އުފެއްދުންތައް އެކީ އެކަށް ބޮއިކޯޓު ކުރުމަށް ވަނީ ގޮވާލާފައެވެ.

ލޮބުވެތި އަޚުންނާއި އުޚްތުންނޭވެ! ތިބާއަކީ ކިތަންމެ ގިނަ ގޯސްކަންތައްތަކެއް ކުރެވޭ، އަދި ބައިވަރު ފާފަފަތަކެއްކުރެވެމުންދާ ފަރާތަކަށް ވިޔަސް ތިޔަ ހިތުގައި ކީރިތި ރަސޫލާއަށްވާ ލޯތްބަކީ އޭގައި ޙަޤީޤީ ރޫޙު ހުރި ލޯތްބެއްކަން ކަށަވަރެވެ. ވީމާ އެކަލޭގެފާނުގެ ދިފާޢުގައި ޝަރުޢީ ހަމަތަކާއި އިންތަކުގެ ތެރޭގައި ކުރެވުނު ކޮންމެ ކަމެއް ކުރުމަށް ވަޞިއްޔަތްކުރަމެވެ. ޢަބޫޠާލިބު ކާފަރެއްގެ ގޮތުގައި ހުރެ އެކަލޭގެފާނު ދިފާޢުކުރެއްވިއެވެ. ހަމައެފަދައިން ޙަމްޒަތުގެފާނު، ކާފަރެއްގެ ގޮތުގައިހުއްޓައި މުޙައްމަދުގެފާނަށް އަބޫޖަހުލު ފުރައްސާރަކުރި ޚަބަރު އަޑުއަހާފައި އަބޫޖަހުލަށް ރައްދު ދެއްވައި މިފަދައިން ދެންނެވިއެވެ. أتسب محمداً وانا علي دينه  ”މުޙައްމަދުގެފާނަށް ކަލޭގެ ފުރައްސާރަތިޔަ ކުރަނީ ތިމަންނާ އެކަލޭގެފާނުގެ ދީނުގެ މަތީގައި ހުއްޓާހެއްޔެވެ.؟ އާނއެކެވެ. މިކަން ވެގެން ދިޔައީ އެކަލޭގެފާނު އިސްލާމްވި ސަބަބުވެސް ކަމުގައެވެ.

އެ ބަޔާނުގައި ބުނެފައި ވަނީ، މިފަދަ ކޮންމެ ކަމަކީ ހައްދުފަހަނަޅާފައިވާ ކާފަރުން، ޑިމްކޮރެސީ އާއި އިންސާނީޙައްޤުގެ ނަމުގައި ފަތުރާ ޝިޢާރުތަކުގެ އަނެއްފަރާތުގައިވާ ނަފްރަތާއި ގަދަކަމުން މީސްތަކުން އަޅުވެތިކުރުމުގެ މަކަރުވެރި މަސައްކަތް ބޭޒާރުވެ، ހާމަކޮށްދޭ ކަމެއް ކަމަށެވެ. އެހެންކަމުން ކާފަރު ވިލާތުގެ ޤައުމުތަކުން ހިންގާ މިފަދަ ޖަރީމާތަކާއި މެދު އަދުގެ މުސްލިމުން ހޭލައި، މުސްލިމް މުޖްތަމަޢުތަކަށް އެކަންކަން ވެރިވެގަތުމުގެ ކުރީން ހުޝިއާރުވެ ތިބުމަށް އެ ބަޔާނުގައި ވަނީ އެެދިފައެވެ.

އެ ޖަމިއްޔާތަކުން ފްރާންސްގެ އުފެއްދުންތައް ބޮއިކޮޓުކޮށް، އެޤައުމުން އެ ޢަމަލުތައް ހުއްޓާލައި، މުސްލިމުންގެ ކިބައިން މާޢާފަށް އެދުމަށް ފަހު ނޫނީ އެމީހުންނާއެކު ސިޔާސީ އަދި ވިޔަފާރީގެ އެއްވެސް ގުޅުމެއް ނުބޭއްވުމަށް ދިވެހި ސަރުކާރަށް ގޮވާލާފައެވެ.

މިފަދަ ކޮންމެ ކަމަކީ ހައްދުފަހަނަޅާފައިވާ މިކާފަރުން، ޑިމްކޮރެސީ އާއި އިންސާނީޙައްޤުގެ ނަމުގައި ފަތުރާ ޝިޢާރުތަކުގެ އަނެއްފަރާތުގައިވާ ނަފްރަތާއި ގަދަކަމުން މީސްތަކުން އަޅުވެތިކުރުމުގެ މަކަރުވެރި މަސައްކަތް ބޭޒާރުވެ، ހާމަކޮށްދޭ ކަމެވެ. އެހެންކަމުން ކާފަރު ވިލާތުގެ ޤައުމުތަކުން ހިންގާ މިފަދަ ޖަރީމާތަކާއި މެދު އަދުގެ މުސްލިމުން ހޭލައި، މުސްލިމް މުޖްތަމަޢުތަކަށް އެކަންކަން ވެރިވެގަތުމުގެ ކުރީން ހުޝިއާރުވެ ތިބުމަށް އަޅުގަނޑުމެން ދިވެހި ލޮބުވެތި މުޥާޠިނުންނަށް ހަދުމަކޮށްދީ ޚަބަރުދާރު ކުރުވަމެވެ!

އިސްލާމްދީނާއި ކީރިތި ރަސޫލާއަށް ކުޑައިމީސްކޮށް، ޓެރަރިޒަމާއި އިސްލާމްދީނާ ގުޅުވައިގެން ދެކެވެމުންދާ ވާހަކަތައް ދިވެހި ސަރުކާރުންވަނީ އެކަން ކުށްވެރިކޮށްފިއެވެ. ކީރިތި ރަސޫލާއާއި އިސްލާމްދީނާއި ޓެރަރިޒަމާ ގުޅުވައިގެން ދައްކަމުން ގެންދާ ވާހަކަތައް ކުށްވެރިކޮށް ދިވެހި ޚާރިޖިއްޔާއިން ނެރެފައިވާ ބަޔާނުގައި ވަނީ އިސްލާމްދީނާއި ކީރިތި ރަސޫލާއާއި ދެކޮޅަށް ދައްކަމުންގެންދާ ވާހަކަތަކަކީ ނޫސްވެރިކަމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ތެރެއަށް ފެތޭކަމެއް ނޫންކަމަށް ވަނީ ބުނެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.