ސްޓޭޓް މިނިސްޓަރު އަކްރަމްއާއި މެދު މުސްތަފާގެ ރުޅިވެކަން އިންތިހާގައި

ސްޓޭޓް މިނިސްޓަރު އަކްރަމްއާއި މެދު މުސްތަފާގެ ރުޅިވެކަން އިންތިހާގައި

Author
ހުސެއިން
19 ސެޕްޓެމްބަރ 2021 08:13
0

ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން މުސްތަފާ އަތުން ނަގާފައިވާ ފައިސާތަކެއް ނުދައްކަވައިގެން، ކުރިޔަށް އޮތް އެމްޑީޕީގެ ގައުމީ މަޖިލިސް އިންތިޚާބާ ގުޅުވައިގެން، އަކްރަމްއާއި ދެކޮޅަށް ސޯޝަލް މީޑިއާގައި މުސްތަފާ ކެމްޕޭން ކުރަރްވަން ފައްޓަވައިފިއެވެ.

މުސްތަފާ އަތުން މީގެ 5 އަހަރު ކުރިން އަކްރަމް ނަންގަވާފައިވާ ފައިސާތަކާއި ގުޅޭ ޗެކްތަކާއި އަދި އެކަމާ ގުޅޭ އެހެނިހެން ލިޔެކިޔުންތައްވެސް ސޯޝަލް މީޑިއާތަކުގައި އާންމު ކުރައްވަމުން މުސްތަފާވަނީ، އަކްރަމްއަށް ވަގަށް ގޮވާ، އަދި ކުރިޔަށް އޮތް އެމްޑީޕީގެ ގައުމީ މަޖިލިސް އިންތިޚާބުގައި އަކްރަމްއަށް ވޯޓު ނުދިމަށްވެސް އެމްޑީޕީގެ މެމްބަރުންގެ ކިބައިން އެދިވަޑައިގެންފައެވެ.

މުސްތަފާ މީގެކުރިން ވިދާޅުވެފައިވަނީ، މިފައިސާ ދޭން އަކްރަމް ވިދާޅުވި މުއްދަތުގައި ދައްކާފައި ނުވާތީ މައްސަލަ ފުލުހުންނަށްވެސް ހުށަހަޅުއްވާފައި ވާކަމުގައެވެ.

މިމަހު ފަހުކޮޅު ބޭއްވުމަށް ހަމަޖެހިފައިވާ ގައުމީ މަޖިލިސް އިންތިޚާބުގައި އަކްރަމް ކަމާލުއްދީންވަނީ އެޕާޓީގެ މާލޭ ދާއިރާއަށް ކުރިމަތި ލައްވާފައެވެ. އަދި އަކްރަމް ގެންދަވަނީ މިހާރު ކެމްޕޭން ކުރައްވަމުންނެވެ. މި ދާއިރާއިން އަކްރަމްއާއި ވާދަ ކުރައްވަނީ މާލޭސިޓީގެ ކުރީގެ މޭޔަރު ޝިފާއެވެ.

ތިމަރަފުށީ ދާއިރާގެ ކުރީ މެމްބަރު މުހައްމަދު މުސްތަފާއަކީ، ރައީސް ޔާމިންގެ ސަރުކާރާ ދެކޮޅަށް މަޖިލިހުގެ ތެރޭގައި އޭރު މަސައްކަތް ކުރި 12 މެމްބަރުންގެ ތެރޭގައި ހިމެނޭ ބޭފުޅެކެވެ. އަދި މި ސަރުކާރު ވެރިކަމަށް އައުމަށް ކުރި ކެމްޕޭނުގައިވެސް ބައިވެރިވެ ވަޑައިގެންނެވި މުސްތަފާ މިހާރު މަސައްކަތް ކުރައްވަމުން ގެންދަވަނީ މިސަރުކާރާ ދެކޮޅަށެވެ. އަދި މުސްތަފާ ގެންދަވަނީ ރައީސް ސާލިހަށާއި މިސަރުކާރަށް ވަރަށް ބޮޑަށް ފާޑި ވިދާޅުވަމުންނެވެ.

އަދި މީގެ އިތުރުން މުސްތަފާ ފަހަކަށް އައިސް ފާހަގަ ކުރެވިފައިވަނީ، ރައީސް ސާލިހާ ރައީސް ނަޝީދާ ދެބޭފުޅުންގެ މެދުގައި އުފެދިފައިވާ ކޯޅުންތަކުގައި، ރައީސް ނަޝީދު ފަޅިއަށް ވަރަށް ބޮޑަށް ތާއީދު ކުރައްވަމުން ގެންދަވާ ބޭފުޅެއްގެ ގޮތުގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.