ހައިކޯޓުގައި ކުރިއަށްދާ މައްސަލަތަކުގެ ތެރެއިން ބައެއް މައްސަލަތަކަށް، ރައީސް ނަޝީދުގެ ކޮއްކޯފުޅު ނާޒިމް ސައްތާރު ނުފޫޒު ފޯރުވާކަމަށްބުނެ ނާޒިމް ކޮށްފައިވާ މެސެޖްތަކެއް ހައިކޯޓުގެ ކުރީގެ ފަނޑިޔާރު ޝުޖާއު އުސްމާން ހާމަކުރައްވައިފިއެވެ.
އޭނާ ވިދާޅުވީ ހައިކޯޓިގައި ހުރި މައްސަލަތަކަށް ނުފޫޒު ފޯރުވާ އެއްބޭ ފުޅަކީ ރ.ނަޝީދުގެ ކޮއްކޯފުޅު ނާޒިމް އަބްދުއްސައްތާރު ކަމަށެވެ. އެގޮތުން ނާޒިމް ވަކާލާތު ކުރައްވާ މައްސަލަތަކަށް އޭނާ ހިތްނޭދޭ ފަނޑިޔާރުން ބެންޗުގައި ނުހިމެނުމަށް އަންގަމުންދާކަމަށެވެ. ޝުޖާއުވަނީ ނާޒިމް ކޮށްފައިވާ ބައެއް މެސެޖްތަކެއްވެސް ހިއްސާ ކުރައްވާފައެވެ.
ނާޒިމް ސައްތާރަކީ ރައީސް މުހައްމަދު ނަޝީދަށް ދެވުނު ހަމަލާއާއި ގުޅިގެން އެމަނިކުފާނުގެ ޤާނޫނީ ޓީމުގެ އެންމެ އިސްކޮށް ހަރަކާތްތެރިވާ ބޭފުޅާއެވެ.
ޖުޑީޝަރީގެ ތެރެއަށް ސަރުކާރުގެ ނުފޫޒު ގަދަ ފަރާތްތަކުން ވަންނަމުންދާކަމަށް މީގެ ދެހަފްތާއެއް ކުރިން ބޭއްވި ޕްރެސް ކޮންފަރެންސެއްގައިވެސް ޝުޖާއު އުސްމާން ވަނީ ވިދާޅުވެފައެވެ. ރާއްޖޭގެ ޖުޑީޝަރީގެ ތެރޭގައި ކަންކަން ހިނގަމުންދަނީ ސަރުކާރުގެ ތެރޭގައި ތިއްބެވި ވަކި ބަޔަކު ބޭނުންވާ ގޮތަކަށް ކަމަށާއި، ޖުޑީޝަރީ މިނިވަން ކުރުމުގެ ބަދަލުގައި ބޭނުންވާ ގޮތަކަށް ހުކުމްތައް ކުރުމަކީ އެފަދަ ނުފޫޒު ގަދަ ފަރާތްތަކުގެ އަމާޒުކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
ސަރުކާރުން ޖުޑީޝަރީއަށް އަތްބާނާކަމަށް ބުނާ ވާހަތަކަށް ސަރުކާރުން ވަނީ ރައްދު ދީފައެވެ. އަދި ބުނެފައިވަނޫ އެފަދަ ނުފޫޒެއް ސަރުކާރުން ނުފޯރުވާކަމަށެވެ. އަދި ސަރުކާރުގެ އެއްވެސް ބޭފުޅަކު ޝަރީއަތަށް ނުފޫޒު ފޯރުވާނަމަ އެކަމެއް ބަލައި އަޅަންޖެހޭ ފިޔަވަޅު އަޅާނެކަމަށެވެ.