ރަސްފަންނު މޫދުގައި ކަޅުތެޔޮ، މޫދަށް އެރުން މަނާކޮށްފި

ރަސްފަންނު މޫދުގައި ކަޅުތެޔޮ، މޫދަށް އެރުން މަނާކޮށްފި

Author
މުޙައްމަދު ޝަޒައިމް
16 ސެޕްޓެމްބަރ 2021 07:42
0

ރަސްފަންނު މޫދު ސަރަހައްދަށް ކަޅު ތެޔޮ އެޅުމުން މޫދަށް އެރުން މަނާކޮށްފިއެވެ.

ރަސްފަންނަށް ކަޅު ތެޔޮ އެޅުނީ ކަނޑަށް އެޅުނު ކަޅުތެޔޮތަކެއް ރަސްފަންނު މޫދު ސަރަހައްދަށް އޮޔާ ވަދެ އެތަން ތަޣައްޔަރު ވުމުންނެވެ. މިހާރު ފުލުުހުންވެސް ދަނީ އެސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ.

މުޅި މޫދު ކަޅުތެލުން ތަޣައްޔަރުވެ މިހާރު އޮތީ ރާޅުޖަހާ ހިސާބު ވެލިގަނޑު ވެސް ކަޅުވެފައެވެ. ސޯޝަލް މީޑިއާގައި ބައެއް މީހުން ބުނެފައިވާ ގޮތުގައި މިއަދު ހަވީރުން ފެށިގެން ރަސްފަންނަށް ކަޅުތެޔޮ ވަންނަމުން ދިޔައެވެ.

ރަސްފަންނީ ހަފްތާ ބަންދުގައާއި، ކަސްރަތުގައިވެސް ރޭގަނޑާއި ދުވާލުވެސް ގިނަބަޔަކު މޫދަށް އެރިލަންދާ ސަރަހައްދެކެވެ. މިކަމާއި ގުޅިގެން ކަމާއި ގުޅުންހުރި އެއްވެސް އިދާރާއަކުން އަދި އެއްވެސް އެއްޗެއް ބުނެފައިނުވެއެވެ. ރަސްފަންނަށް އެރުން ވަގުތީ ގޮތުން މަނާކޮށް އެސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަމުންދާއިރު، މިކަމުގައި ގިނަ އާންމު ރައްޔިތުން ދަނީ ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅު ކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ސ ސަލީމް
ތިބާގަޑު ކޮށްފިކަމަކުން ރަށްޔިތުންސަލާމަތްވެށްޖެތޯ ؟؟؟؟؟؟؟ 01 ރަސްފައްނުކަޅުތެޔޮ ނޫނީނަޖިސް ؟ މަމޮޅުވެފަކުރީމާވާގޮތްފެނޭތަ... ތިބުރާތިތަކަކަށްނުފެށްނާނެ ؟ބުނާނެކޮންމެސްބަޔަކުކުރިކަމެކޭ ؟؟؟؟ މިހުރިހާދުވަހުކީއެލަވަ މިއަދުކީކޭބާކިޔާނީ ބޯހަލާކު؟؟؟؟؟؟؟ދުވާާޓުރެކުވެސްހަމައެގޮތް ؟؟؟؟؟؟؟ ބުރިޖުވެސްހަމައެގޮތް ؟؟؟؟؟؟؟ ދަރުމަވަންތަހޮސްޕިޓަލުވެސްއެގޮތް؟؟؟؟؟؟؟ ސަލުމާނުމިސްކިވެސްހަމައެގޮތް... ފުލެޓުތަށްވެސްއެގޮތް....؟؟؟؟؟ ގޮވާނެތަރަށްގީކުރީމޭ ؟؟؟ވީބޮޑުއުދަގުލަކަށް ؟؟؟؟؟؟