ކަރީނާ ބޭރުކުރުމަށްފަހު ފިލްމް "ސީތާ" ކަންގަނާއަށް!

ކަރީނާ ބޭރުކުރުމަށްފަހު ފިލްމް "ސީތާ" ކަންގަނާއަށް!

Author
ފާތިމަތު ނާވީ
21 ސެޕްޓެމްބަރ 2021 01:21
0

މިދިއަ އަހަރު އިއުލާން ކުރި ބޮޑު ފިލްމް "ސީތާ: ދި އިންކާނޭޝަން" އަށް ކީ ބޮޑު އަގުގެ ސަބަބުން ބަތަލާ ކަރީނާ ކަޕޫރު ބޭރުކުރުމަށްފަހު އެ ފިލްމަށް ކަންގަނާ ރަނާވަތު ނަގައިފިއެވެ.

ފިލްމަށް ކަންގަނާ ސޮއިކޮށްފައިވާކަން ކަށަވަރު ކޮށްދިނުމަށް ޑައިރެކްޓަރު އަލޯކީކް އިންސްޓަގްރާމްގައި ފޮޓޯއެއް ހިއްސާ ކުރަމުން ބުނެފައިވަނީ މި ފިލްމްއަށް ކަންގަނާ ގެނެވުމަކީ ވަރަށް ބޮޑު އުފަލެއް ލިބުނު ކަމެއް ކަމަށެވެ.

 

View this post on Instagram

 

A post shared by Alaukik Desai (@alaukikdesai)

ކަންގަނާ "ސީތާ" އަށް ސޮއިކޮށްފައި ވާއިރު ކުރިއަށް ވެސް ވަރުގަދަ ރޯލުތަކެއް އޭނާގެ އަތުގައި އެބަހުއްޓެވެ. ހަމަ އެހެންމެ އޭނާގެ އެންމެ ފަހު ފިލްމް "ތަލައިވީ" ވަނީ މިމަހުގެ 10 ވަނަ ދުވަހު ރިލީޒް ކޮށްފައެވެ. އަދި އެ ފިލްމްގައި އޭނާ ދައްކައިދިން މޮޅު އެކްޓްގެ ސަބަބުން ގިނަބައެއްގެ ތައުރީފް ދަނީ އޮހެމުންނެވެ. ބައެއް މީހުން ގަބޫލު ކުރާ ގޮތުގައި އެ ފިލްމުން އޭނާއަށް އަނެއްކާވެސް ނެޝަނަލް އެވޯޑެއް ހައްގެވެ.

 

View this post on Instagram

 

A post shared by Kangana Thalaivii (@kanganaranaut)

ފިލްމް "ސީތާ"ގެ މަސައްކަތް ފަށާނެ ދުވަހެއް އަދި އިއުލާން ކޮށްފައެއް ނުވެއެވެ. ބޮލީވުޑްގެ އެންމެ އަގުބޮޑު ތަރިންގެ ތެރޭގައި ހިމެނޭ ކަންގަނާ މިހާރު ދަނީ ފިލްމް "ތޭޖަސް" އަދި "ދާކަދް" ގެ މަސައްކަތް ކުރަމުންނެވެ.

ބިޒީ ބަތަލާގެ "ސީތާ" އާއި ބެހޭގޮތުން މާގިނަ ތަފްސީލެއް އަދި ހާމަ ކޮށްފައެއް ނުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.