ސުދީރުގެ ބަދަލުގައި އިންޑިއާއިން ރާއްޖެއަށް އައު ސަފީރެއް

ސުދީރުގެ ބަދަލުގައި އިންޑިއާއިން ރާއްޖެއަށް އައު ސަފީރެއް

Author
މުޙައްމަދު ޝަޒައިމް
16 ސެޕްޓެމްބަރ 2021 09:24
0

އިންޑިއާ ސަރުކާރުން ރާއްޖެއަށް އައު ސަފީރެއް ކަނޑައަޅަން ނިންމައިފިއެވެ.

އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީގެ ވެބްސައިޓުގައި ބުނެފައިވާ ގޮތުގައި ރާއްޖޭގެ އާ ސަފީރު ކަމަށް އައްޔަން ކުރަން ނިންމާފައި ވަނީ މިހާރު އިންޑިއާ އިން އޮމާނަށް ކަނޑަޅާފައި ހުރި ސަފީރު މުނޫ މަހާވަރު އެވެ. އޭނާ މަގާމާ ހަވާލުވެ ވަޑައިގަންނަވާނެ ތާރީހެއް އިންޑިއާ ސަރުކާރުން އަދި ނުބުނެ އެވެ. ނަމަވެސް ވަރަށް އަވަހަށް އޭނާ މަގާމާ ހަވާލުވެވަޑައިގަންނަވާނެ ކަމަށް އެކްސްޓާނަލް އެފެއާޒް މިނިސްޓްރީގެ ވެބްސައިޓްގައި ބުނެފައި ވެއެވެ.

އިންޑިއާ އިން އައު ސަފީރަކު ކަނޑައަޅަން ނިންމާފައިވަނީ މީހާރު ހުންނެވި ހައި ކޮމިޝަނަރު ސަންޖޭ ސުދީރުގެ ބަދަލުގައެވެ. ސަންޖޭ ސުދީރު އެ މަގާމާ ހަވާލުވެވަޑައިގަތީ، 5 މާޗު 2019 ގައެވެ.

މުނޫ މަހާވަރު އަކީ ހާރިޖީ ދާއިރާގެ ތަޖުރިބާކާރެކެވެ. އޭނާ އިންޑިއާގެ ފޮރިން އޮފީހުގައި މަސައްކަތް ކުރައްވަން ފެއްޓެވީ 1996 ވަނަ އަހަރުއެވެ. އޭނާ ވަނީ ބައެއް ގައުމުތަކުގައި ހުންނަ އިންޑިއާގެ ހައިކޮމިޝަން ތަކުގައި މީގެކުރިން މަސައްކަތް ކުރައްވާފައެވެ. މުނޫ މުހާބަރާ އޮމާންގެ ސަފީރު ކަމާ ހަވާލުވެވަޑައިގަތީ އޮގަސްޓް 21، 2018 ގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.