"ޝިއްދަތު"ގެ ޓްރެއިލާ ދައްކާލައިފި

"ޝިއްދަތު"ގެ ޓްރެއިލާ ދައްކާލައިފި

Author
ފާތިމަތު ނާވީ
16 ސެޕްޓެމްބަރ 2021 09:51
0

ޑިޒްނީ ޕްލަސް ހޮޓްސްޓާއިން އަންނަ މަހުގެ އެއްވަނަ ދުވަހު ޕްރިމިއާ ކުރަން ހަމަޖެހފައިވާ ފިލްމް "ޝިއްދަތު"ގެ ޓްރެއިލާ ދައްކާލައިފިއެވެ.

ކުނާލް ދޭޝްމުކް ޑައިރެކްޓް ކޮށްފައިވާ ލޯބީގެ މި ފިލްމުން ރާދިކާ މަންދަން، ސަނީ ކައުޝަލް، ޑިއާނާ ޕެންޓީ، މޯހިތު ރައިނާ ފެނިގެން ދާނެއެވެ.

ބޫޝަން ކުމާރާއި ދިނޭޝް ވިޖަން ޕްރޮޑިއުސް ކުރާ މި ފިލްމް އޮކްޓޯބަރު 1 ގައި ޕްރިމިއާ ކުރުމަށް ހަމަޖެހިފައިވާއިރު ފިލްމްގެ ޝޫޓިން މިދިއަ އަހަރުގެ ޖޫންމަހުން ފެށިގެން އޮތީ ނިމިފައެވެ.

 

View this post on Instagram

 

A post shared by Maddock Films (@maddockfilms)

ޑްރާމާ ސީރީޒް "މެރީ އާޝިގީ ތުމްސޭ ހޭ" އިން މުނިފޫހިފިލުވުމުގެ ދާއިރާއަށް ނުކުތް ރާދިކާ ވަނީ މިހާތަނަށް ބައެއް ވެބް ސީރީޒް ތަކާއި ފިލްމް ތަކުން ފެނިގެން ގޮސްފައިއެވެ. އެގޮތުން "ޕަޓާކާ"، "މަރްދޯކާ ދަރްދު ނެހީ ހޯތާ" އަދި "އަނގްރޭޒީ މީޑިއަމް" ފާހަގަކޮށްލެވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.