2012ވަނަ އަހަރުގެ ފެބްރުރުއަރީމަހުގެ 7ވަނަ ދުވަހު ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަން ބަދަލުވިއިރު ހިންގި ބަޢާވާތުގެ ކަންތައްތަކުގައި ހޯމް މިނިސްޓަރު އައްޝައިޚް އިމްރާން ބައިވެެރިވެ ވަޑައިގެންނެވިކަމުގެ ތުހުމަތުގައި އިންތިޤާލީ އިންސާފުގެ އޮފީހަށް މައްސަލައެއް ހުށަހަޅުއްވައިފިއެވެ.
މިމައްސަލަ ހުށަހެޅުއްވީ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) އެވެ. ބޮންޑޭ ހުށަހެޅުއްވި މައްސަލައިގައި ވަނީ، ރައީސް ނަޝީދު އިސްތިއުފާ ދެއްވުމުގެ ކުރިން ފުލުހުންގެ މައި މަރުކަޒުގައި ބަޣާވާތްކުރުމަކީ ރަނގަޅުކަމެއްކަމަށް ވިދާޅުވެ އިމްރާން ރައްޔިތުންނަށް ގޮވައިލައްވާ ވީޑިއޯއެއް ޔޫޓިއުބުގައި ދައުރުވަމުންދާ ކަމަށެވެ. ބޮންޑެ ވަނީ އެ ވީޑިއޯ އިންތިޤާލީ އިންސާފުގެ އޮފީހާއި ހިއްސާކުރައްވާފައެވެ.
ބޮންޑެގެ މައްސަލައިގައި ވަނީ، ރައީސް ނަޝީދުގެ ވެރިކަން ބަޣާވާތަކުން ވައްޓައިލުމުގައިި އިމްރާން ބައިވެރިވެވަޑައިގެންފައިވާ މިންވަރު ބަލައި، އޭނާއަށް ޙައްޤު އަދަބު ދިނުމަށް އެދިވަޑައިގެންފައެވެ.
ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަމަށް ތިން އަހަރު ވެފައިވަނިކޮށް އެއިރުގެ އިދިކޮޅު ފަރާތްތަކުން ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲ ވެސް ހިމެނިވަޑައިގަންވާހެން "ބަޣާވާތަކުން"ވެރިކަން ވައްޓާލިކަމަށް އޭރުގެ ވެރިކަމުގައި އޮތް އަދި މިހާރުވެސް ވެރިކަން ކުރާ މައިޕާޓީ އެމްޑީޕީން ތުހުމަތުކުރެއެވެ.
ވެރިކަން ވައްޓާލުމުގެ ތުހުމަތުގައި އެމްޑީޕީއަށް ތާޢީދުކުރާ ފަރާތްތަކުން 2012 ވަނަ އަހަރުގެ ފެބުރުއަރީ 8 ގައިވަނީ މާލެއާއި އަތޮޅުތަކުގައި ހަމަނުޖެހުންތަކެއް ހިންގާ ފުލުހުންނަށާއި، ދައުލަތުގެ ބައެއް ތަކެއްޗަށް ގެއްލުންތަކެއް ވެސް ވަނީ ދީފައެވެ.
ކޮމެންޓު ފޮނުވާ