ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް، (އެޗްއާރުސީއެމް)ގެ ހުސްވެފައިވާ މެމްބަރު ކަމުގެ މަޤާމަށް ގދ. ތިނަދޫ / އަސާގެ، ސަމާއު އަހުމަދު ނަޖީބު އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
އެޗްއާރުސީއެމްގެ ހުސްވެފައިވާ މެމްބަރުކަމަށް ސަމާއު އައްޔަން ކުރުމަށް މަޖިލީހުން ފާސްކޮށްފައިވަނީ 42 މެމްބަރުންގެ ވޯޓުންނެވެ.އެޗްއާރުސީއެމްގެ މެމްބަރު ކަމަށް އަައްޔަން ކުރަން 14 ބޭފުޅެއްގެ ނަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މިދިޔަ ޖުލައި މަހު މަޖިލީހަށް ފޮނުއްވިއެވެ. އޭގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ އިސްކަން ދެއްވި ތަރުބީމުން މަޖިލީހަށް ނަންތައް ފޮނުވައި ހިއުމަންރައިޓް ޖެންޑާ ކޮމެޓީން ވަނީ މީގެ ތެރެއިން 11 ބޭފުޅުންނާއި އިންޓަރވިއު ކޮށްފައެވެ.
ކޮމިޓީއަށް ހާޒިރުވި ބޭފުޅުންނާ އިންޓަވިއު ކުރުމަށް ފަހު އެޗްއާރުސީއެމްގެ މެމްބަރު ކަމަށް އައްޔަން ކުރަން ރުހުން ދޭން ނިންމީ ސަމާއުއަށެވެ. އޭނާއަށް ޖުމްލު ނުވަ މެމްބަރުންގެ ވޯޓު ލިބިވަޑައިގެންނެވިއެވެ.
އެޗްއާރުސީއެމް އެކުލެވިގެންވަނީ 5 މެމްބަރުންގެ މައްޗަށެވެ. މިވަގުތު އެކޮމިޝަންގައި ތިއްބެވީ 4 މެންބަރުންނެވެ. މިހާރު އެޗްއާރުސީއެމްގެ މެންބަރުކަމުގެ މަޤާމުގައި ތިއްބެވީ އާމިނަތު ޝިފާޢަތު ޢަބްދުއްރައްޒާޤާއި، މުއުމިނާ ވަޙީދާއި، ޑޮކްޓަރ އަޙްމަދު އަދުހަމް ޢަބްދުﷲގެ އިތުރުން މަރިޔަމް މުނާއެވެ.
ކޮމެންޓު ފޮނުވާ