Riyaz Nazim

5،000 މެމްބަރުންގެ ފޯމާއިއެކު އެމްއެންޕީ ރަޖިސްޓްރީ ކުރަން ހުށަހަޅަނީ

5،000 މެމްބަރުންގެ ފޯމާއިއެކު އެމްއެންޕީ ރަޖިސްޓްރީ ކުރަން ހުށަހަޅަނީ

ގުޅުންހުރި

5،000 އަށްވުގެ ގިނަ މީހުންގެ ފޯމާއިއެކު މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) ރަޖިސްޓްރީ ކުރުމަށް މާދަމާ އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅުމަށް ނިންމައިފިއެވެ.

އެމްއެންޕީ އުފެއްދުމަށްޓަކައި، ގިނަ އަދަދެއްގެ މީހުންގެ ސޮއިވަނީ އެޕާޓީން ހޯދާފައެވެ. ފޯމުތަކާއިއެކު އެމްއެންޕީ ރަޖިސްޓްރީ ކުރުމަށް ހުށަހެޅުމަށް ހަމަޖެހިފައިވަނީ މާދަމާ ހެނދުނު 10:30 ގައިކަމަށް އެޕާޓީން ވަނީ ބުނެފައެވެ.

އެމްއެންޕީ އުފެއްދުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެންބަރު އަދި ނާޒިމްގެ ދެބެންގެދެދަރި ކޮއްކޮ އަހްމަދު އުޝާމަށް ދީފައިވަނީ މިދިޔަ ޖުލައި 15 ވަނަ ދުވަހުއެވެ.

އެމްއެންޕީ އުފެއްދުމުގައި ނާޒިމާއި އުޝާމުގެ އިތުރުން މަޖިލީހުގެ ތިމަރަފުށި ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒުއާއި، ނިލަންދޫ ދާއިރާގެ މެންބަރު އަބްދުލްމުހުސިން އަބްދުލްހަމީދު އަދި ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު (މޮސްޓާ) ވެސް ދަނީ ބައިވެރިވަމުންނެވެ.

އެމްއެންޕީން ވަނީ 2023 ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި އެ ޕާޓީން ކެންޑިޑޭޓަކު ނެރުމަށް ނިންމާފަ އެވެ. ކެންޑިޑޭޓަކު ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީގައި ވާދަކުރައްވާނެ ކަމަށް ނާޒިމް ވަނީ އިއުލާންކުރައްވާފައެވެ. އެމްއެންޕީއަށް މެންބަރުން އިތުރުކުރުމަށްޓަކައި އެ ޕާޓީގެ ޓީމުތައް މިހާރު ގެންދަނީ އަތޮޅު ތެރޭގައި ވެސް ހަރަކާތްތެރިވަމުންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ