ސަލްމާންގެ އަންތިމް ޕްރިމިއާ ކުރަނީ ޒީ5 އިން؟

ސަލްމާންގެ އަންތިމް ޕްރިމިއާ ކުރަނީ ޒީ5 އިން؟

ކޯވިޑް-19 ގެ ސަބަބުން ގިނަ ފިލްމް ތަކެއް ރިލީޒްކުރުމުގައި ލަސްތަކެއް އުޅުމާއި، ފިލްމު އެޅުވޭނެ ވަކި ތާރީހެއް ނޭނގުމާ ގުޅިގެން ގިނަ ބަޔަކު މިހާރު ފިލްމް ރިލީޒް ކުރަނީ ޑިޖިޓަލް ޕްލެޓްފޯމް ތަކުގައެވެ.

އެގޮތުން ސަލްމާން ޚާންގެ ކުރިއަށް  އޮތް ފިލްމް "އަންތިމް: ދަ ފައިނަލް ޓްރޫތު" ވެސް ޑިޖިޓަލް ޕްލެޓްފޯމްގައި ރިލީޒް ކުރާގޮތަށް ވަނީ ހަމަޖެހިފައިއެވެ. މި ފިލްމްއަކީ ސަލްމާނާއެކު އޭނާގެ ޅިޔަނު އަޔޫޝް ޝަރްމާ ފެނިގެންދާ ފުރަތަމަ ފިލްމެއެވެ.

މިދިއަ ހަފްތާގައި "ކަމިންގ ސޫން" ޖަހައި މި ފިލްމް ގެ ޕޯސްޓަރު ވަނީ ދައްކައިލާފައެވެ. އަދި ހަމަ އެހެންމެ މިފިލްމްގެ ލަވައެއްވެސް ދާދިފަހުން ވަނީ ދައްކައިލާފައެވެ.

މި ފިލްމަކީ ފުލުހަކާއި ގޭންގްސްޓާރަކާ ދެމެދު ހިނގާ ކަންތައްތަކެއް ދައްކުވައިދޭ ފިލްމްއެކެވެ. ފިލްމުގައި ގިނަ އެކްޝަން މަންޒްރުތަކެއް ފެނިގެންދާނެއެވެ.

ސަލްމާން އެންމެ ފަހުން ފެނިގެންދިޔަ ފިލްމްވެސް ޕްރިމިއާ ކޮށްފައި ވަނީ ޑިޖިޓަލް ޕްލެޓްފޯމްގައެވެ. އެއީ ދިޝާ ޕަޓާނީއާއެކު ފެނިގެންދިޔަ "ރާދޭ" އެވެ. މި ފިލްމް ޕްރިމިއާ ކުރީ ޒީ-5 އިންނެވެ. އަދި ކުރިއަށްއޮތް ފިލްމް "އަންތިމް" ވެސް ޕްރިމިއާ ކުރުމަށް ތައްޔާރުވަމުންދަނީ ތިއޭޓަރާއިއެކު ޒީ-5 އިންނެވެ.

ފިލްމާއި ގުޅޭ ޕްރޮމޯޝަންތަށް ފަށާފައި ވީނަމަވެސް އަދިވެސް ފިލްމް ޕްރިމިއާ ކުރާ ދުވަހެއް ރަސްމީކޮށް އިއުލާން ކޮށްފައިއެއް ނުވެއެވެ. ނަމަވެސް ގިނަ ބަޔަކު ގަބޫލުކުރަނީ އަންނަ މަހުގެ 15ގައި ފިލްމު ބެލުންތެރިންނަށް ފެންނާނެ ކަމަށެވެ.

ސަލްމާން މިވަގުތު ހުރީ "ޓައިގާ"ގެ ޝޫޓިންގައި ގައުމުން ބޭރުގައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *