ޖޭއެސްސީ އިސްލާހު ކުރަން، ރައްޔިތުންގެ މަޖިލިހުގެ ރައީސް ޖޭއެސްސީގަ އިނުން ނޫންގޮތެއް ނެތް: ދޮންބިލެތް

ޖޭއެސްސީ އިސްލާހު ކުރަން، ރައްޔިތުންގެ މަޖިލިހުގެ ރައީސް ޖޭއެސްސީގަ އިނުން ނޫންގޮތެއް ނެތް: ދޮންބިލެތް

ގުޅުންހުރި

ޝަރުއީ ނިޒާމް އިސްލާހު ކުރުމާ އެކީގެ ޖުޑީޝަލް ސާވިސް ކޮމިޝަން، ޖޭއެސްސީވެސް އިސްލާހު ކުރަން ޖެހޭ ކަމަށާއި، އެހެންނަމަވެސް، ޖޭއެސސްސީގެ ބާރު މިވަގުތު ދޫކޮށްލެވެން ނެތް ކަމުގައި ބިލެތްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމް ވިދާޅު ވެއްޖެއެވެ.

ސަންގު ޓީވީން ގެނައި ޚަބަރަށްފަހު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން، ދޮންބިލެތް ވިދާޅުވީ، ގުދުރަތުގެ ރޭވުން މާ ކުޅަދުންވަންތަ ކަމަށާއި، ޖޭއެސްސީ އިސްލާހު ކުރުމަށްޓަކާ ނުކުތް ބަޔަކަށް، އެކަން ކުރެވޭނެ މަގު ﷲ ތައާލާ މެދުވެރި ކުރައްވާފައި ވާކަމަށާއި، އެހެންކަމުން އެމަގުން ގޮސް އެމަސައްކަތް ކުރައްވާނެ ކަމަށެވެ.

ހަމަ އެކަނި މި ރާއްޖޭގައި އިންސާނަކަށް ޖުޑީޝަރީ ރަގަޅު ކުރުމަށްޓަކާ ޖޭއެސްސީގެ ރައީސަކަށް އެލިބޭ ބާރު ލިބިގެން، ރައްޔިތުންގެ މަޖިލިސްގެ ރައީސަކަށްވެގެން ޖޭއެސްސީއަށް އެދެވޭ ދިޔުން ނޫން ގޮތެއް އަޅުގަޑުމެންނަށް ނެތިފަ އޮއްވާ އެމަގު އަޅުގަޑުމެންނަށް މި ފެނުނީ. ދެން އެމަގު އަވަހަށް ދޫ ކޮށްލަންވީތޯ؟ ނޫން، އެމަގު އަދި ދުލެއް ނުކުރެވޭނެ.

– ދޮންބިލެތް ވިދާޅުވެފައި ވެއެވެ.

މި ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ދޮންބިލެތް ވިދާޅުވީ މިހާރުވެސް ޖޭއެސްސީއަށް ވަރަށް ބޮޑެތި ބަދަލުތައް ގެނެސްފައިވާ ކަމަށާއި، އަދިވެސް ބަދަލުތައް ވަރަށް އަވަހަށް ގެންނަމުންދާނެ ކަމުގައެވެ.

މިޕްރިގްރާމްގައި ވާހަކަ ދައްކަވަމުން ދޮންބިލެތް ވިދާޅުވީ، އެއް އިންސާނަކަށް ޖޭއެސްސީއަށް ބަދަލު ގެނެވޭނެމަ އެ ބޭފުޅަކީ ރައީސް ނަޝީދުކަމަށާއި، ޖޭއެސްސީ އިސްލާހުކުރުމުގެ ފުރުސަތު ﷲ ތައާލާ މިއަދު އެމްޑީޕީއަށް ތަނަވަސް ކޮށްދެއްވާފައިވާ ކަމުގައެވެ.

ޖޭއެސްސީ އިސްލާހު ކުރުމުގެ ވައުދަކީ އެމްޑީޕީގެ އެންމެ މުހިންމު އެއް ވައުދުވެ. އެހެންނަމަވެސް، މިސަރުކާރަށް 3 އަހަރު ފުރިގެން ދާއިރު، މިއަދާހަމައަށް އަދި ޖޭއެސްސީއަށް، ސަރުކާރުން ވައުދުވި ރިޔާސީ ވައުގައި ހިމެނޭ އެއްވެސް އިސްލާހެއް ގެނެސްފައި ނުވާއިރު، ކުރިންވެސް އޮތް ކޮމްޕޮޒިޝަންގެ ބޭނުން ކޮށްގެން ޖޭއެސްސީއިން ދަނީ، ގިނަ ފަނޑިޔާރުންތަކެއް މަގާމުން ވަކި ކުރަމުންނެވެ.

އަދި މިހާރު ޖޭއެސްސީގެ އެންމެ އިސްމަގާމްތަކުގައި ތިބީ، އެ މަގާމްތަކުގައި ސިޔާސީ މީހުން ތިބެގެން ނުވާނެކަމަށް މިހާތަނަށް އެންމެ ބޮޑަށް ވަކާލާތު ކުރެއްވި ބޭފުޅުންކަންވެސް ފާހަގަ ކޮށްލެވެއެވެ.

ޖޭއެސްސީ އިސްލާހު ކުރުމަށް، އެ ކޮމިޝަންގައި ރައީސް ނަޝީދު އިންވަން ޖެހޭކަމަށް ދޮންބިލެތް ވިދާޅުވެފައިވާއިރު، އޭނާއަކީ ރައްޔިތުންގެ މަޖިލިހުގެ ރައީސް ނަޝީދު ފެކްޝަނަށް ނިސްބަތްވާ ބޭފުޅެއްކަން ފާހަގަ ކޮށްލެވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ