މިނާލް ޚާން ކައިވެނި ކޮށްފި

މިނާލް ޚާން ކައިވެނި ކޮށްފި

Author
ފާތިމަތު ނާވީ
14 ސެޕްޓެމްބަރ 2021 07:15
0

ޕާކިސްތާނު ގެ މަޝްހޫރު ތަރިއެއްކަމުގައިވާ މިނާލް ޚާން ކައިވެނި ކޮށްފިއެވެ.

މިނާލް ވަނީ މަގުބޫލު ގިނަ ޑްރާމާތަކެއް ކުޅެފައެވެ. ޕަކިސްތާނުގެ ޓީވީ ޑްރާމާ އިންޑަސްޓްރީގައި އެންމެ ނަންހިނގާ އެއް ތަރި އަކީ މިނާލް ޚާނެވެ.

މި ކައިވެނި ކުރިއަށްގެންދިޔައީ ޕާކިސްތާނުގެ އާދަކާދައާއި އެއްގޮތްވާ ގޮތުގެ މަތިން ވަރަށް ކުލަގަދަކޮށެވެ. މިނާލް ކައިވެނި ކޮށްފައިވަނީ ގިނަ ދުވަސްތަކަކު ލޯބީގެ ގޮތުން ގުޅިގެން އުޅުނު އަހްސަން މޮހޮސިން އިކްރާމާއެވެ.

 

View this post on Instagram

 

A post shared by Minal Ahsan (@minalkhan.official)

މިނާލަކީ ސޯޝަލް މީޑިއާގައިވެސް ވަރަށް ހަރަކާތްތެރި ތަރިއެކެވެ. އެގޮތުން އޭނާ ފޮލޯކުރާ މީހުންގެ އަދު 7 މިލިއަނަށް ވުރެ ގިނައެވެ. މިނާލަކީ އާންމުންގެ މެދުގައި ވަރަށް މަގުބޫލު ތަރިއެކެވެ. އަހްސަން އަކީ ވެސް އެކްޓަރެއް ނަމަވެސް މިހާތަނަށް މާބޮޑު މަގުބޫލު ކަމެއް އޭނާ އަށް ލިބިފައެއް ނުވެއެވެ.

މިނާލް ޚާން ބޮޑަށް މަޝްހުރު ވެފައިވަނީ ޑްރާމާ ސީރީޒް ތަކުންނެވެ. އެގޮތުން "ކީ ޖާން މޭ ކޯން"، "ހަސަދް" އަދި "ޖަލަން" ފަދަ ޑްރާމާތައް ފާހަގަ ކޮށްލެވެއެވެ. ޗައިޑް އާޓިސްޓެއްގެ ގޮތުގައި މި ދާއިރާއަށް މިނާލް ނުކުމެފައިވަނީ 2011 ވަނަ އަހަރުއެވެ.

 

View this post on Instagram

 

A post shared by Minal Ahsan (@minalkhan.official)

މިނާލް ކައިވެނިކުރިތާ އެއްދުވަސް ފަހުން ވަނީ އޭނާގެ ނަން ބަދަލުކޮށްފައެވެ. އޭނާ އިންސްޓަގްރާމް މިހާރުވަނީ މިނާލް އެހްސަން އަށް ބަދަލުކޮށްފައެވެ. މި ދެތަރިން ހަނީމޫނަށް ދަނީ ކޮންތާކަށް ކަމެއް އަދި ހާމަކޮށްފައެއް ނުވެއެވެ.

 

View this post on Instagram

 

A post shared by Minal Ahsan (@minalkhan.official)

22 އަހަރުގެ މިނާލްގެ އާއިލާގައި އޭނާ އާއެކު 5 މެމްބަރުން އެބަތިއްބެވެ. މިނާލަކީ ޕާކިސްތާނުގެ މަޝްހޫރު ތަރި އޭމާންގެ އެންމާބަޑު ކޮއްކޮއެވެ. މީގެ އިތުރުން މި އާއިލާގައި ތިބެނީ 3 ފިރިހެން ކުދިންނެވެ. މިނާލްގެ ބައްޕަ ވަނީ މަރުވެފައެވެ.

 

View this post on Instagram

 

A post shared by Minal Ahsan (@minalkhan.official)

އެކްޓު ކުރުމުގެ އިތުރުން މިނާލްވަނީ ކްލޯތިންގ ލައިނެއްވެސް ލޯންޗުކޮށްފައެވެ. މިދެބެން އެކުގައި މުނިފޫހިފިލުވުމުގެ ދާއިރާގައި މަސައްކަތް ކުރާ އިރު ވިޔަފާރީގެ ކަންކަން ބަލަހައްޓަނީ ފިރިހެން ކޮއްކޮ މެންނެވެ.

 

View this post on Instagram

 

A post shared by Minal Ahsan (@minalkhan.official)

މިނާލް އެންމެ ފަހުން ފެނިގެންދިޔައީ "ނަންދު" އިންނެވެ. އޭނާގެ ކުރިއަށް އޮތް ޑްރާމާ އަކީ "އިޝްގް ހެއި" އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ނ ނާސިރު11
ނާވީ. އިޝްޤުހޭ މިހާރު ނިމިއްޖެ.