ލަމް ވިހައިފި، ފުރަތަމަ ފެނިލުން މިއޮތީ!

ލަމް ވިހައިފި، ފުރަތަމަ ފެނިލުން މިއޮތީ!

Author
ފާތިމަތު ނާވީ
12 ސެޕްޓެމްބަރ 2021 02:13
0

ރާއްޖޭގެ މަޝްހޫރު ލަވަކިއުންތެރިޔާ ލަމްހާ ލަތީފް (ލަމް) އަށް ދަރިއަކު ލިބިއްޖެއެވެ. އިންސްޓަގުރާމްގައި ލަމް ވަނީ އަލަތު ދަރިފުޅު ވިހޭކަމުގެ އުފާވެރި ޚަބަރު މީގެ ދުވަސްކޮޅެއް ކުރިން އޭނާގެ ފޭނުންނާ ހިއްސާކޮށްފައެވެ.

ލަމް ވަނީ އޭނާގެ އިންސްޓަގްރާމް ސްޓޯރީގައި ދަރިފުޅާއެކު ނަގާފައިވާ ފޮޓޯއެއް ހިއްސާކޮށްފައެވެ. މި ފޮޓޯގައި އޭނާ އިނީ ތުއްތު ދަރިފުޅު އުރާލައިގެން ހޮސްޕިޓަލްގެ އެނދުގައި އިށީންދެލައިގެންނެވެ.

ލަމްގެ ކައިވެންޏަށް ހަތަރު އަހަރުވެފައިވާ އިރު ލަމް އާއި ކުޑަ މުއާ ކައިވެނީގެ ގޮތުން ގުޅިފައިވަނީ 2017ވަނަ އަހަރުއެވެ. މިއީ އެމީހުންގެ އަލަތު ދަރިފުޅެވެ.

މިޖޯޑަކީ ދިރިއުޅުމުގެ ގިނަ ކަންތަށްތަކެއް ހާއްސަކޮށް އުފާވެރި ވަގުތުތައް ސޯޝަލް މީޑިއާ މެދުވެރިކޮށް ފޭނުންނާ ހިއްސާކުރާ ބައެކެވެ. އެގޮތުން އަލަތު ދަރިފުޅަށް ބަލިވެ އިންކަން ހާމަކުރި ހިސާބުންފެށިގެން ލަމްވަނީ މާބަނޑު ދުވަސްވަރުގެ އެކި ފޮޓޯތަކާއި ދަރިފުޅަށްޓަކައި އޭނާ ކުރާ އިހުސާސްތަށް ފޭނުންނާ އެކިފަހަރުމަތިން ހިއްސާކޮށްފައެވެ.

 

View this post on Instagram

 

A post shared by Lamha Latheef (@lamha.latheef)

މީގެ ކުރިން ލަމް އިންސްޓަގުރާމުގައި ހިއްސާ ކޮއްފައިވާ ޕޯސްޓެއްގައި ކުއްޖާ ދެކިލާ ހިތުންނާއި ދަރިފުޅަކީ އަންހެން ކުއްޖެއްތޯ ނޫނީ ފިރިހެން ކުއްޖެއްތޯ ބަލާލަން ކެތްމަދުވެފައިވާކަމަށް ބުނެފައިވީ ނަމަވެސް ދަރިފުޅުގެ ޖިންސް އަދި އޭނާ ހާމަކޮށްފައެއް ނުވެއެވެ.

ލަމް އަކީ މޯލްޑިވިއަން އައިޑަލް ސީޒަން 2 ގެ ހޯސްޓުގެ އިތުރުން އެހުންތެރިންގެ ބޮޑު މަޤުބޫލުކަމެއް ހޯދާފައިވާ މަޝްހޫރު ލަވަކިއުންތެރިއެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.