އަގުއޯރޯ އަށް އަނެއްކާވެެސް އަނިޔާވެ، އެއްމަހަށް ކުޅުމާ ދުރަށް

އަގުއޯރޯ އަށް އަނެއްކާވެެސް އަނިޔާވެ، އެއްމަހަށް ކުޅުމާ ދުރަށް

Author
އިބްރާހީމް ސާޢިދު
29 އޮކްޓޯބަރ 2020 08:35
0

މެންޗެސްޓާ ސިޓީގެ ސާޖިއޯ އަގުއޭރޯއަށް އަނިޔާވެ އަނެއްކާވެސް ކުޅުމާ ދުރަށް ދާން ޖެހިއްޖެއެވެ.

ސާޖިއޯ އަގުއޭރޯ ގިނަވެގެން މަހެއްހާ ދުވަހަށް ކުޅުމާ ދުރަށް ދާން ޖެހިފައިވާ ކަމަށް އެ ޓީމުގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފައިވެއެވ. ހަތަރު މަސް ދުވަހަށް ފަހުން އަގުއޭރޯ ކުޅުމުގެ ތެރެއަށް އެނބުރި އައީ މި މަހުގައެވެ.

އަގުއޭރޯ ނެތި ސިޓީ ކުރިޔަށް އޮތް އެއްމަސްތެރޭގައި މުހިންމު މެޗުތަކަކަށް ނުކުންނާނެއެވެ. އޭގެތެރޭގައި ޗެމްޕިއަނަސްލީގުގައި ގުރޫޕް ސްޓޭޖުގެ މެޗުތަކާ އަންނަމަހު އެންމެފަހުގެ ލީގު ޗެމްޕިއަން ލިވަޕޫލްއާ ދެކޮޅަށް ކުޅޭ މެޗު ހިމެނެއެވެ.

އަގުއޭރޯ އަނިޔާގައި ހުރިއިރު، ގާޑިއޯލާ ބުނީ އަގުއޭރޯ ހުރީ އެންމެ ރަނގަޅު ހާލަތުގައި ނޫންކަން އެނގޭ ކަމަށާއި ހަތަރު ފަސް މަސް ދުވަހު ނުކުޅެ ހުރެފައި އަންނައިރު އިތުރު އަނިޔާއެއްގެ ރިސްކު އޮންނާނެ ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.