މެމްބަރު ހަސަންޓޭގެ ބޭބެ ކުއްލި ގޮތަކަށް ނިޔާވެއްޖެ

މެމްބަރު ހަސަންޓޭގެ ބޭބެ ކުއްލި ގޮތަކަށް ނިޔާވެއްޖެ

Author
މުޙައްމަދު ޝަޒައިމް
10 ސެޕްޓެމްބަރ 2021 12:27
0

ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ރާއިގެ މެމްބަރު ހަސަން އަހުމަދު (ހަސަންޓޭ) ގެ ބޭބޭ ކުއްލި ގޮތަކަށް ނިޔާވެއްޖެއެވެ.

ހަސަން މީގެ އިރުކޮޅެއް ކުރިން ކުރެއްވި ޓްވީޓުގައި ވިދާޅުވީ އޭނާގެ ލޯބިވާ ބޭނެ ހުސެިން އަހުމަދު ކުއްލި ގޮތަކަށް މިއަދު ނިޔާވެފައިވާކަމަށެވެ. މަރުހޫމްގެ ފުރާނަޔަށް ސުވަރުގޭގެ މަތިވެރި ނިއުމަތް މިންވަރު ކޮށްދެއްވުމަށް އޭނާވަނީ ދުޢާ ކުރައްވާފައެވެ.

ހަސަންގެ ބޭބެ ނިޔާވެފައިވަނީ ކުއްލި ގޮތަކަށެވެ. އޭނާ ނިޔާވުމާއި ގުޅިގެން މުޅި އިނގުރައިދޫއަށް ވަނީ ފުން ހިތާމައެއް ކުރިމަތިވެފައެވެ.

ޚަބަރު އޮންލައިންގެ ފަރާތުންވެސް މަރުހޫމްގެ ފުރާނަފުޅަށް ސުވަރުގޭގެ މަތިވެރި ނިއުމަތް މިންވަރުކޮށްދެއްވުން އެދި ދުޢާކުރަމެވެ. އަދި ޢާއިލާއަށް ކެތްތެރިކަން މިންވަރުކޮށްދެއްވުން އެދި ދުޢާކުރަމެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.